ads
ޓްރަމްޕް ،ޒެލެންސްކީ އަދި ޕުޓިން
އެމެރިކާއިން ޔޫކްރެއިންއަށް މިސެއިލް ދީފާނެތީ ޕޫޓިން ބިރުގަނޭ: ރައީސް ޒެލެންސްކީ
އެމެރިކާއިން ޔޫކްރެއިންއަށް މިސެއިލް ފޯރުކޮށަދީފާނެތީ ރަސިޔާގެ ރައީސް ވެލްޑިނިޔާ ޕުޓިން ބިރުގަނޭ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ބުނެފި އެވެ
Advertisement

މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި ބައްދަލަކުރައްވުމަށް ފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ޒެލެންސްކީ ވިދާޅުވީ މިފަދަ މިސެއިލްތަކެއް ޔޫކްރެއިން އަށް ލިބިއްޖެނަމަ ދެން ވާނެ ގޮތަކާއި މެދު ރަސިޔާގެ ރައީސް ޕޫޓިން ބިރުފުޅު ގަނޭ ކަމުގަ އެވެ. 

އެ ބައްދަލުވުން 2 ގަޑިއިރަށް ދެމިގެންދިޔަ އިރު މި ބައްދަލުވުމުގެ ތެރެއިން 3 އަހަރަށް ދެމިގެންގޮސްފައިވާ ޔޫކްރެއިން ރަސިޔާ ހަނގުރާމަގެ ސަބަބުން އެ ފަދަ މިސެއިލް ތަކެއް ޔޫކްރެއިން އަށް ބޭނުންވާ ކަމަށް ޒެލެންސްކީ ވަނީ ޓްރަމްޕް ގާތުގައި ވިދާޅުވެފައި އެވެ. 

"އަޅުގަނޑުމެން މަޝްވަރާކުރީ މުހިންމު ހުރިހާ މައްސަލަތަކެއް - ހަނގުރާމައިގެ މައިދާނުގައި އަޅުގަނޑުމެންގެ މަގާމުތަކާއި، ދުރު ރާސްތާގެ ގާބިލްކަމާއި ވައިގެ ދިފާއީ ދާއިރާއާއި، ހަމަގައިމުވެސް ޑިޕްލޮމެޓިކް ޕްރޮސްޕެކްޓްސް" ޒެލިންސްކީ ވިދާޅުވި އެވެ.

ޒެލެންސްކީ ބުނީ ޓްރަމްޕް އަދި އެ ކަމާއި ގުޅިގެން "އާން" ބަސް ވިދާޅުވެފައި ނުވިނަމަވެސް "ނޫނެކޭ" ވެސް ވިދާޅުނުވާ ކަމުގަ އެވެ. 

ޒެލެންސްކީ ވިދާޅުވީ މި ހަނގުރާމަ ނިމުމާ ގާތަށް ޓްރަމްޕް ގެންނަވާނެ ކަމުގަ އެވެ. 
ރަޝިޔާއިން ފެށި އަދި ގަސްތުގައި ދިގުދެމިގެންދާ އަނިޔާވެރިކަން ނިންމާލަން ޖެހޭނެ ކަމަށާއި އެމެރިކާގެ ޕްރެޝަރުގެ ސަބަބުން މި ހަނގުރާމަ ހުއްޓިގެންދާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

މި ބައްދަލުވުމަށް ޓްރަމްޕް ވިދާޅުވީ ރަޝިޔާގެ ސަރަހައްދުގެ އެތެރެއަށް ހަމަލާ އަމާޒުކުރުމަކީ "އެސްކޭލޭޝަން" އެއް ކަމަށް ކަށަވަރުކޮށްދެއްވާފަ އެވެ.

އޭނާ ފާހަގަ ކުރެއްވިގޮތުގައި ދެ ގައުމުގެ ދެމެދުގައި ބޮޑެތި ހަމަލާތަކެއް ނުކޮށް މިކަން ނިމުނީޔާ މާ ރަނގަޅު ކަމަށާއި އެދެނީ މިސެއިލް ބޭނުން ނުކޮށް މިކަންކަން ނިންމާލުން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް