ads
ސިޔާސީ އެއްބާރުލުމަށް ރާއްޖެއާ މިސްރާ ދެމެދު އެއްބަސްވުމެއް
ސިޔާސީ އެއްބާރުލުމަށް ރާއްޖެއާ މިސްރާ ދެމެދު އެއްބަސްވުމެއް
މިސްރާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
Advertisement

މިސްރާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރީ ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް މިސްރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ. 

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް ސޮއިކުރެއްވިއިރު، މިސްރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިސްރުގެ ޚާރިޖީ ވަޒީރު ޑރ. ބަދްރު އަބްދެލަތީއެވެ.

މި އެއްބަސްވުމުގެ ސަބަބުން 2019 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި މިދާއިރާއިން އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ކުރެވުނު މަސައްކަތް ރަސްމީވެގެންގޮސްފައިވާކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓަރ ރަސްމީ ދަތުރުފުޅެއްގައި މިސްރަށް ވަޑައިގަތީ މިދިޔަ ހުކުރު ދުވަހުގައެވެ. ވަޒީރު ޑރ. ޚަލީލްގެ މިދަތުރުފުޅުގައި އަރިހުގައި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ހާލާ ޙަމީދު އަދި އެޑިޝަނަލް ސެކްރެޓަރީ ޚަދީޖާ ނަޖީހާ ބައިވެރިވެވަޑައިގަންނަވައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް