ads
ރައީސް ޑރ. މުއިއްޒު. ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާ އެކު ބޭއްވި ހަވީރުގެ ސައިފޮދުގައި ބައިވެރިވެވަޑައިގެން ކުޅުންތެރިންނާއި އޮފިޝަލުންނާ ވާހަކަފުޅު ދައްކަވަނީ: ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިނާޔަތް އެއްހަމަކޮށް ވަނީ ބޮޑުކޮށްފަ -- ފައިލް ފޮޓޯ: ރައީސް އޮފީސް
ގައުމީ ޓީމުގެ އިނާޔަތް 7،000 ރުފިޔާއަށް ބޮޑުކޮށްފި
ގައުމީ ޓީމުތަކުގެ އެތުލީޓުންނާއި އޮފިޝަލުންގެ އިނާޔަތް އެއްހަމަކޮށް 7،000 ރުފިޔާއަށް ބޮޑުކޮށްފި އެވެ.
Advertisement

ގައުމީ ޓީމުތަކުގެ އެތުލީޓުންނަށް ކޮންމެ މަހަކު ކުރިން ދެމުން ދިޔައީ 5،000ރ. ގެ އިނާޔަތެކެވެ. އޮފިޝަލުންނަށް ކުރިން ކޮންމެ މަހަކު ދެނީ 2،500ރ. އެވެ.

އިނާޔަތް އެއްހަމަކޮށް ބޮޑުކުރުމުން އޮފިޝަލުންނަށް ވެސް 7،000ރ. ލިބޭނެ އެވެ. ނަމަވެސް ކުރީގެ އަދަދުން ކުޅުންތެރިންނާއި އޮފިޝަލުންނަށް އެލަވަންސް ޖަމާކޮށްފައިވާތީ އިތުރަށް ދޭން ޖެހޭ އަދަދު މިމަހުގެ ނިޔަލަށް ދިނުމަށްވެސް ވަނީ ނިންމާފަ އެވެ.

ގައުމީ ޓީމުތަކުގެ އެތުލީޓުންނާއި އޮފިޝަލުންގެ އިނާޔަތް އެއްހަމަކޮށް 7،000 ރުފިޔާއަށް ބޮޑުކޮށްފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހުގެ ދެވަނަ ދުވަހު ސީނިއާ ގައުމީ ފުޓްބޯޅަ ޓީމާ ބައްދަލުކުރައްވާފައި ވަނިކޮށެވެ. 

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭންގައި ވެވަޑައިގެންނެވި ވައުދެކެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް