ads
ޕިންކް ރިބަން ރަން-ވޯކް ބީއެމްއެލްގެ އެހީއާއެކު ބާއްވައިފި
ބީއެމްއެމްއެލްގެ އެހީގައި ޕިންކް ރިބަން ރަން-ވޯކް ބާއްވައިފި
އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކެންސަރު ސޮސައިޓީން އަހަރަކު އެއްފަހަރު ބާއްވާ ޕިންކް ރިބަން ރަން-ވޯކް ގައުމީ ބޭންކް، ބީއެމްއެލުގެ އެހީއާއެކު އިއްޔެ ބާއްވައިފި އެވެ.
Advertisement

ބީއެމްއެލުން ބުނީ މިއަހަރުގެ ޕިންކް ރިބަން ރަން-ވޯކް ބާއްވާފައިވަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ އިތުރުން ތިން ރިސޯޓަކާއި 32 ރަށެއްގައި ކަމަށެވެ. 

ކޮންމެ އަހަރަކު ވެސް ކެންސަރު ސޮސައިޓީން ޕިންކް ރިބަން ރަން-ވޯކް ބާއްވަނީ އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރިކުރުމަށާއި، ކެންސަރަށް ފަރުވާ ބޭނުންވާ ފަރާތްތަކަށް ސައިކޯސޯޝަލް އެހީތެރިކަން ދިނުމުގެ ގޮތުން ކަމަށެވެ.

ކެންސަރު ސޮސައިޓީން ފާހަގަކުރާ ގޮތުގައި ބީއެމްއެލުން އަންނަނީ 2016ވަނަ އަހަރުން ފެށިގެން ޕިންކް ރިބަން ރަން-ވޯކް ބޭއްވުމަށް އެހީތެރިވަމުންނެވެ.

ބީއެމްއެލުން މިކަމާއި ގުޅިގެން ބުނެފައިވަނީ މިއީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި މި ކަމުގެ ސަބަބުން އުރަމަތީގެ ކެންސަރާއި ހަނގުރާމަ ކުރުމަށް ފަހު ދުނިޔެ ދޫކުރި މީހުން އަދި މިހާރު ވެސް އެ ބައްޔާއި ހަނގުރާމަ ކުރަމުން އަންނަ މީހުންނައް އިހްތިރާމް އަދާކުރުމުގެ ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް