މާލޭގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފާއިތުވި ސެޕްޓެމްބަރު މަހު މާލެ ފްރަންޓްލައިން ޕޮލިސިންގ އިން ކޮށްފައިވާ މަސައްކަތާއި ގުޅިގެން ޕޮލިހުން ނެރުން ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ހޯދުން 109 ސައިކަލުގެ އަގަކީ 6878766 ރުފިޔާކަމުގަ އެވެ.
މީގެ އިތުރުން 13 ފޯނުގެ ޖުމްލަ އަގަކީ 154562 ރުފިޔާ ކަމަށާއި އޭގެ އިތުރުން 32300 ރުފިޔާގެ 8 އިލެކްޓްރޯނިކްސް ހޯދާފައިވާ އިރު ވަގަށް ނަގާފައިވާ 5888822.76 ރުފިޔާ ހޯދިފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.
މީގެ އިތުރުން ވަގަށް ނަގާފައިވާ އެހެން ނިހެން 43115 ރުފިޔާގެ ސާމާނު ހޯދިފައިވާ ކަމަށް އެ އިދާރާއިން ފާހަގަ ކުރެއެވެ.
ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް ކޮށްފައިވާ މަސައްކަތަށް ބަލާ އިރު ކޮމިނިޓީ އިންޓަރެކްޝަންސްގެ 703 މައްސަލަ އަކާއި ކޮންސާންސް ކުށާއި ގުޅޭ 81 މައްސަލަ އަކާއި ކޮންސާންސް ކުށަކަށް ނުވާ 137 މައްސަލައެއްގައި ފުލުހުން މަސައްކަތް ކޮށްފައިވާ ކަމަށް އެ އިދާރާއިންބުނެ އެވެ.
މީގެ އިތުރުން 187 މައްސަލައެއް ހައްލުކުރަންވެސް ފުލުހުން މަސައްކަތް ކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.
މާލޭ ފްރަންޓްލައިން ޕޮލިސިންގް އިން އެޓެންޓްވި ސީންތަކަށް ބަލާއިރު ޖުމްލަ 109 ސީން އަކަށް އެޓެންޑްވެވިފައިވާ ކަމަށާއި އެ ގޮތުން އެކްސިޓެންޓްގެ 10 ސީން އަކާއި ވައްކަމުގެ 71 ސީން އަކާއި ފޭރުމުގެ 12 ސީން އެއްގެ އިތުރުން މާރާމާރީގެ 16 ސީން އަކަށް އެޓެންޑް ވެވިފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.
ފުލުހުން އިތުރަށް ފާހަގަ ކުރާ ގޮތުގައި މިދިޔަ މަސްތެރޭގައި 1029 ގަޑި އިރާ 55 މިނެޓް ފުޓް ޕެޓްރޯލް ކުރެވިފައިވާ ކަމަށާއި 86 ވެހިކަލް ޗެކް ޕޮއިންޓްތަކެއް ބެހެއްޓިފައިވާ ކަމަށާއި 27464 ލޯކޭޝަނެއް ޗެކް ކުރެވިފައިވާ ކަމަށާއިި 9 ވިސިބިލިޓީ އެންޑް ޓްރެފިކް މެނޭޖްމަންޓް ޕޮއިންޓެއްގާއިމް ކުރެވިފައިވާކަމަށެވެ.
މީގެ އިތުރުން 5264 މީހަކު ހުއްޓާ ސުވާލު ކުރެވުނު އިރު އެ މީހުންގެ ތެރެއިން 4776 މީހުންނަކީ ކުށުގެ ރިކޯޑް އޮތް މީހުން ކަމަށާއި 488 މީހުންނަކީ ކުށުގެ ރިކޯޑް ނެތް މީހުން ކަމަށް އެ އިދާރާއިން ބުނެ އެވެ