މިކަމާއި ގުޅިގެން ފުލުހުން އާންމުކޮށްފައިވާ ވީޑިއޯ އަކުން ފެންނަނީ ސައިކަލެއްތަކެއް ޕާކް ކޮށްފައި ހުރި ތަނެއްގެ ކައިރީގައި މަޑުކޮށްލައިގެން ހުރި ފިިރިހެނަކު އެތަނުން ސައިކަލެއްގެ މަތީގައި އަތް އަޅުވާލުމާއި އެކު އެ ސައިކަލު އަރި އަޅާލައިގެން ވެއްޓޭ ތަނެ ނެވެ.
ވެއްޓުމާއި އެކު ކައިރީގައި ހުރި ސައިކަލުތަކުގައި ޖެހި ކައިރީގައި ޕާކްކޮށްފައި ހުރި ސައިކަލުތައްވެސް ވެއްޓޭ މަންޒަރު މި ވީޑިއޯއިން ފެނިގެންދެ އެވެ.
މި ސައިކަލުތައް ވެއްޓުމާއި އެކު އެ ފިރިހެންމީހާ ވަނީ އެ ސައިކަލުތައް ނެގުމުގެ ބަދަލުގައި އަޅާވެސް ނުލާ އެ ސަރަހައްދުން ދުރަށް ޖެހިފައި އެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މި މިހާއާއި ބެހޭ އެއްްވެސް މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށެވެ.
ފުލުހުން ވަނީ މި މީހާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމައުލޫމާތެއް މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322112 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދިފައި އެވެ.
މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ފުލުހުން ބުނެ އެވެ