ސްކޮލަޝިޕް ފަންޑް ލިބިފައިވަނީ މުހައްމަދު އާހިލް އަހްމަދުއަށާއި މަރްޔަމް ޖައިޝާން ޖަލީލު އަށާއި މުހައްމަދު ޝައުން ހިލްމީއަށެވެެ.
މި ސްކޮލަޝިޕްއަކީ ތައުލީމީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވާސިޓީއަކުން ބޭންކިން އަދި ފައިނޭންސްގެ ރޮނގުން ބޭނުންވާ އަންޑަ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރުމަށް ބޭންކުން ހުރިހާ ހަރަދެއް ހަމަޖައްސައިދޭ ސްކޮލާޝިޕެއް ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
މި ސްކޮލަޝިޕަކީ ރާއްޖޭގެ ބޭންކިން އަދި ފައިނޭންސް ދާއިރާ ކުރިއަރުވައި އިތުރަށް ހަރުދަނާ ކުރުމަށް ބޭންކުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކުރަމުން އަންނަ މުހިންމު ޕްރޮގްރާމެއް ކަމަށް ބީއެމްއެލްއިން މައުލޫމާތުދެ އެވެ.
މިކަމާއި ގުޅިގެން ބޭންކްގެ ސީއީއޯ ވިދާޅުވީ މި އަހަރު ސްކޮލަޝިޕް ހާސިލުކުރި ދަރިވަރުންނަށް މަރުހަބާ ދަންނަވަން. މި ކާމިޔާބީއަކީ ތިޔަ ދަރިވަރުންގެ ހިތްވަރާއި މިންނެތް މަސައްކަތުގެ ނަތީޖާ އެއް ކަމުގަ އެވެ.
2022 އިން ފެށިގެން ބީއެމްއެލް ސްކޮލާޝިޕްގެ ދަށުން މިހާތަނަށް ހޮވުނު 9 ދަރިވަރުން އަންނަނީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގެ އެންމެ މަތީ ފަންތީގެ ޔުނިވާސިޓީތަކުގައި ތައުލީމު ހާސިލުކުރަމުންނެވެ.