ads
ކަސްޓަމުން 3 މިލިއަން ސިނގިރޭޓް އަނދާ ނައްތާލަނީ
ކަސްޓަމުން 3 މިލިއަން ސިނގިރޭޓް އަނދާ ނައްތާލައިފި
މޯލްޑިވްސް ކަސްޓަމްސް އިން ގިނަ އަދެއްގެ ސިނގިރޭޓް ނަތްތާލައިފިއެވެ.
Advertisement

ކަސްޓަމްސް އިން ބުނީ އެ އިދާރާގެ ބެލުމުގެ ދަށުގައި ހުރި 3 މިލިއަން ސިނގިރޭޓް ސްޓިކްސް މިއަދު ނައްތާލާފައިވާކަމަށެވެ. މިތަކެތި ނައްތާލާފައިވަނީ މިއަދު މެންދުރު ކ.ދޫނިދޫގައެވެ. 

އެއީ 199 ކޭހުގެ ސިނގިރޭޓެވެ. މިތަކެތި ނައްތާލާފައިވަނީ މިއަދު މެންދުރު ކ.ދޫނިދޫގައެވެ. ކަސްޓަމްސް އިން ބުނީ މިތަކެތި ނައްތާލީ ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައިކަމަށެވެ. 

ކަސްޓަމްސްއިން ބުނީ، ނައްތާލީ ގަވައިދާ ހިލާފަށް ރާއްޖެ އެތެރެކުރަން އުޅެނިކޮށް ބަލައި ފާސްކުރުމުގެ ތެރެއިން އަތުލައިގެންފައިވާ ތަކެތި ކަމަށެވެ. އެހެންނަމަވެސް އެއީ ކޮންއިރަކު ހިފެހެއްޓި ސިނގިރޭޓެއް ކަމެއް، އަދި  އެ ތަކެއްޗާ ގުޅިގެން ބަލާ މައްސަލަތަކުގެ ތަފުސީލެއް  ކަސްޓަމަކުން ނުދެއެވެ.

your imageތިން މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ކަސްޓަމްސްއިން މިއަދު ނައްތާލަނީ

ތިން މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ކަސްޓަމްސްއިން މިއަދު ނައްތާލިއިރު، ކަސްޓަމްސްއިން ހިފަހައްްޓާ އެމްޕީއެލްގެ ހުޅުމާލެ ޕޯޓްގައި ބަހައްޓާފައި ހުރި 20 ފޫޓްގެ ދެ ކޮންޓެއިނަރުގައި ހުރި  13.6 މިލިއަން ސިނގިރޭޓު ކޮންޓެއިނަރާ އެކު ވަނީ ގެއްލިފައެވެ. 

އެ މައްސަލާގައި މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންގްސްގެ ސީއީއޯ މުހައްމަދު ވަހީދު (ދިގަލި) ވެސް ހިމެނެއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް