ads
ފަތުރުވެރިން: ޓްރެވަލްޖޭޑް މޯލްޑިވްސް
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި
މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 2،059،962 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފި ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފި އެވެ.
Advertisement

 މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %10.1 އިތުރު އަދަދެއް ކަމަށާއި މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 1،871،368 ފަތުރުވެރިން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އެންމެ ގިނައިން ފަތުރުވެރިން އައި 5 ގައުމު ތަކަށް ބަލާ އިރު ޗައިނާއިން 316،147 ފަތުރުވެރިން، ރަޝިއާ އިން 258،253 ފަތުރުވެރިން، އިނގިރޭސިވިލާތުން 184،785 ފަތުރުވެރިން، ޖަރުމަނުވިލާތުން 155،309 ފަތުރުވެރިން އަދި އިޓަލީވިލާތުން 134،455 ފަތުރުވެރިން އައިސްފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.

your imageފަތުރުވެރިން މޫދުގައި

ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައި ކަމަށް އެ މިނިސްޓްރީގެ ތަފާސް ހިސާބުން ތަކުން ދައްކަ އެވެ. އެ ގޮތުން 1.5 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ރިސޯޓްތަކުގައި ޗުއްޓީ ހޭދަ ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. މިއީ ރާއްޖެއައި ފަތުރުވެރިންގެ %73.6 އެވެ.

2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގަ އެވެ. އެއީ 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިންނެވެ. އަދި ހޮޓެލްތަކުގައި 53،000 އަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީހޭދަކޮށްފައި ވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް