ads
މީޑިއާ ކޮމިޝަނަށް ފަރުޝަތު، ސަފާ، އިއްޒަތު
މީޑިއާ ކޮމިޝަނަށް ކޮމެޓީން ރުހުން ދިނީ ފަރުޝަތާއި ސަފާގެ އިތުރުން އިއްޒަތަށް
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން ތިން މީހަކަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
Advertisement

ކޮމިޝަނަށް ކުރިމަތިލީ 10 ފަރާތަކުންނެވެ. އޭގެ ތެރެއިން ދެ މީހަކު ވަނީ އިންޓަވިއު މަރުހަލާގެ ކުރިން ނަން އަނބުރާ ގެންގޮސްފައެވެ. ބާކީ ތިބި އަށް މީހުންގެ ތެރެއިން އިންޓާވިއު ކުރުމަށްފަހު މާކްސް ދިން ގޮތުން 75 ޕަސެންޓަށްވުރެ މަތިން ލިބުނީ ތިން މީހަކަށެވެ. 

ކޮމެޓީން ރުހުން ދިނޯ އެއީ ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސަފާ ޝަފީގާއި އެ ކޮމިޝަންގެ ކުރީގެ މެމްބަރު އައިމިނަތު ސަރާހަތު އިއްޒަތާއި ސިވިލް ސާވިސް ކޮމިޝަނުން ދައުރު ހަމަވެގެން ދާދި ފަހުން ވަކިވި މުހައްމަދު ފަރުޝަތެވެ.

ހަތް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ މީޑިއާ ކޮމިޝަނަށް މަޖިލީހުން 3 މެންބަރުން އައްޔަން ކުރާއިރު، ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުން 4 މެމްބަރުން ވަނީ އިންތިހާބަކާއި ނުލާ ހޮވިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް