ads
ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން އިމްރާން ލަތީފާއި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރާއި ތޮއްޑޫ ދާއިރާގެ މެމްބަރު ހުސައިން ސަމީރު. ފޮޓޯ: ސަން
މައިކަށް ގެއްލުންދިން މެމްބަރުން އަތުން އަގު ނަގަނީ
މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމަށް މިދިޔަ މަހު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން ކޮމެޓީގައި ހުރި މައިކަކަށް ގެއްލުންދިން މައްސަލައިގައި، ތިން މެމްބަރެއްގެ އަތުން ނަގަން، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ނިންމައިފިއެވެ.
Advertisement

މައިކުގެ އަގު ނަގަން ކޮމެޓީން ނިންމި މެމްބަރުންނަކީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން އިމްރާން ލަތީފާއި ތޮއްޑޫ ދާއިރާގެ މެމްބަރު ހުސައިން ސަމީރާއި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރުއެވެ. 

ކޮމެޓީން އެ ގޮތަށް ނިންމީ މި ތިން މެމްބަރުންނަކީ އެ ވަގުތު އެ މައިކުގައި ހިފައިގެން ތިބި ތިން މެމްބަރުންނަށް ވާތީއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް