އެ އިދާރާއިން ވަނީ މާލެ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވައިޓް އެލާޓް ނެރެފައެވެ. އެގޮތުން އެ ސަރަހައްދުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށް މެޓް އޮފީހުން ބުނެެއެވެ.
މީގެއިތުރުން ވައިގަދަވެ ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ. ވައިޓް އެކާޓް ނެރެފައިވަނީ ހެނދުނު 07:30 އިން މެންދުރު 13:30 ހަމައަށެވެ.
މިދިޔަ ހަފްތާއިން ފެށިގެން ރާއްޖެއަށް އަންނަނީ ވިއްސާރަކުރަމުންނެވެ. މި ވިއްސާރާގައި ވެރިރަށް މާލެއަށް ރޭ ވެހުނު ވާރޭގައި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމުން ފެން ހިނދުމުގެ މަސައްކަތް ސިފައިން އަންނަނީ ކުރަމުންނެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މިހާރު ކުރަމުން އަންނަ ވިއްސާރަ އަލިވާން ފަށާނީ އަންނަ ހުކުރުދުވަހަށް ފަހުކަމަށެވެ.