މިއީ، އދ. އެއްލައިދޫ ރިސޯޓްގައި މަސައްކަތް ކުރަމުން ދިޔަ ލަންކާ މީހެއްގެ ގައިގައި ކަތިވަޅިއަކުން ޖަހައި މަރާލި މައްސަލައިގައި ދައުވާ ކުރި ލަންކާ މީހާ ޖަޔަލަތު ކޮޑިއާރޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅި މައްސަލަ އެވެ. އެ މައްސަލަ ދައުލަތުން މިހާރުވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
2019 ވަނަ އަހަރު ހިނގި މި ހާދިސާގައި ދައުލަތުން ދައުވާކުރި ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ޖުލައި މަހުއެވެ.