ފުޓްބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިްސް (އެފްއޭއެމް)ގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) މިއަދު ވިދާޅުވީ އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 24 ވަނަ ދުވަހު، ކަމަށެވެ. ޓޮމް އިތުރަށް ވިދާޅުވީ މިއީ މިދިޔަ 19 އަހަރުގެ ތެރޭގައި ފީފާގެ ރައީސްއަކު ރާއްޖެއަށް ރަސްމީ ދަތުރެއް ކުރައްވާ ފުރަތަމަ ފަހަރު ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ އަމިއްލަ ދަތުރެއްގަ އެވެ. ނަމަވެސް، މި ދަތުރުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިސްވެރިންނާއި، ސަރުކާރުގެ ބައެއް ވެރިންނާއި، ދިވެހި ފުޓްބޯލަ ކްލަބްތަކާ ބައްދަލުކުރުމަށް ހަމަޖެހިފައިވާކަން ވަނީ އެނގިފަ އެވެ.
ދާދި ފަހުން އެފްއޭއެމްގެ ރައީސް ތޯރިގު ވަނީ، ފީފާގެ ދައުވަތަކަށް އެ އިދާރާގެ ހެޑްކުއާޓާޒްގައި ކުރިއަށްގެންދެވި ބައްދަލުވުމަކަށް ވަޑައިގެން ރައީސް ޖިއާނީ އިންފަންޓީނޯއާ ބައްދަލުކުރައްވާފަ އެވެ.
ފީފާގެ ރައީސް އިންފަންޓީނޯ ވަނީ ކުރީގެ ކުޅުންތެރިއެއްގެ ހައިސިއްޔަތުން، އެފްއޭއެމްގެ ރައީސް ތޯރިގު، އެ މަޤާމަށް ގެންނަވަނީ ތަޖުރިބާއާއި ފުރިހަމަ ވިސްނުމެއް ކަމަށް ވިދާޅުވެފަ އެވެ.
ރާއްޖޭގެ ފުޓްބޯޅަ އަލުން ދިރުވާ އާލާކުރުމަށް ތޯރިގުގެ ލީޑާޝިޕްގެ ދަށުން ކުރިޔަށް ގެންދަވާ ކަންކަން ފާހަގަކުރައްވާ އިންފަންޓީނޯ ވަނީ ތޯރިގަށް ތައުރީފު ކުރައްވާފަ އެވެ.