ads
ހޮޓެލް އޭޝިއާގައި ހުންނަ އެސްޓީއޯ ޖެނެރަލް ޓްރޭޑިންގެ ސްޓޯލް. - ފޮޓޯ: އެސްޓީއޯ
އާ އުފެއްދުންތަކާއިއެކު ހޮޓެލް އޭޝިއާގައި އެސްޓީއޯގެ ހާއްސަ ސްޓޯލެއް
ރާއްޖޭގައި ބާއްވާ ފުޑް އެންޑް ބެވަރޭޖްގެ އެންމެ ބޮޑު އެއް އެގްޒިބިޝަން ކަމަށްވާ ހޮޓެލް އޭޝިޔާ އެގްޒިބިޝަންގެ މި އަހަރުގެ އެޑިޝަންގައި އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން ބައިވެރިވެ ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދަން ފަށައިފި އެވެ.
Advertisement

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގެ ސްޓޯލްގައި، އާއްމުންގެ މެދުގައި މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ޑެވޮންޑޭލް، ރެމިންގްޓަން، ފްރަގާޓާ އަދި ޗޮއިސް ބްރޭންޑުގެ ޕްރޮޑަކްޓްތައް ޑިސްޕްލޭކޮށް، ސްޓޯލަށް ޒިޔާރަތްކުރާ މީހުންނަށް އެ ތަކެތީގެ މައުލޫމާތު ފަސޭހައިން ލިބޭނެ ގޮތް ވަނީ ހަދައިފަ އެވެ.

މީގެ އިތުރުން، އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން ރާއްޖޭގެ ބާޒާރަށް މުޅިން އަލަށް ތައާރަފް ކުރާ 4 ބްރޭންޑެއް ވެސް މި އެގްޒިބިޝަންގައި ވަނީ ލޯންޗުކޮށްފަ އެވެ. 

އެ ޕްރޮޑަކްޓްތަކަކީ ކެމްޕާ ބްރޭންޑުގެ ޖޫސް، މެކް ކޮއިޓީގެ ސައިފަތް، އޮލިމްޕަސް ބްރޭންޑުގެ ޔޯގަޓާއި ޗީޒް އަދި ޗިއޯސް ބްރޭންޑުގެ ޖޫހެވެ.

އެ އެގްޒިބިޝަންގައި އެސްޓީއޯ ޖެނެރަލް ޓްރޭޑިންގެ ސްޓޯލުން މާލޭގެ މަޝްހޫރު އަދި ހާއްސަކޮށް ޒުވާނުންގެ މެދުގައި މަގުބޫލު އެއް ކެފޭ ކަމަށްވާ "ކޮފީ ސްޓޭޓް" އިން ހިލޭ ސާމްޕަލްތައް ވެސް ދަނީ ދެމުންނެވެ. މި ސާމްޕަލްތަކަކީ އެސްޓީއޯއިން ތައާރަފްކުރި ޗިއޯސް ގާޑަން ބްރޭންޑުގެ ޖޫސް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ރަހަ މީރު ބުއިންތަކެކެވެ.

މި އެގްޒިބިޝަންގައި އެސްޓީއޯ ޖެނެރަލް ޓްރޭޑިން ސްޓޯލްއަށް ޒިޔާރަތްކޮށްގެން، ހާއްސަ އިނާމެއް ލިބުމުގެ ފުރުސަތު ވެސް އާންމުންނަށް އޮންނާނެ އެވެ.

މި އެގްޒިބިޝަން ކުރިއަށްދާނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށް، ކޮންމެ ދިވަހަކު ހެނދުނު 10 އިން އިރުއޮއްސި 7 އަށް، ހުޅުމާލޭ ސިންތެޓިކް ޓްރެކްގަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް