މި ހަރަކާތް ފެށީ ހާއްސަ ޕްރިވިއުއަކުންނެވެ. މި ޕްރިވިއުގައި ތަފާތު ގިނަ ސްޓައިލްތަކެއް ދައްކާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ފެޝަން ވީކްގައި ދައްކާލި ސްޓައިލްތަކުގެ ތެރޭގައި ސައިންސް ފިކްޝަން ނުވަތަ ސައި-ފައި އަށް ހާއްސަ ސްޓައިލްތަކާއި، ސްލޯގަން ޕްރިންޓް ޖަހާފައިވާ ސްޓްރީޓްވެއާ ފެނިގެން ދިޔައެވެ. މިއީ ފެޝަންގެ ދުނިޔޭގައި އާ އުސްމިންތަކެއްގައި ފެޝަން ދައްކުވައިދޭނެ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
މެލްބަން ފެޝަން ވީކް 2025
މި އަހަރުގެ މެލްބަން ފެޝަން ވީކްގެ ޝިއާރަކީ "ކަމް އެޒް ޔޫ އާ" އެވެ. މި ޝިއާރުގެ މައިގަނޑު މަގުސަދަކީ އެންމެނަށްވެސް ތަފާތުކުރުމެއް ނެތި ފުރުސަތު ދިނުމެވެ. މީގެ ކުރިން ފެޝަން ދާއިރާގައި ތަފާތުކުރުންތައް އޮންނަ ކަމަށް ބުނެ ކުރެވުނު ފާޑުކިޔުންތަކަށް ރައްދު ދިނުމުގެ ގޮތުން މިފަދަ ޝިއާރެއް ބޭނުންކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.