ads
މީޑިއާ ކޮމިޝަނަށް އައްޔަންކުރަން މަޖިލީހުން ރުހުން ދިން ފަރުޝަތު (ކ) ސޮފާ (މ) ގައި ސަރާހަތު (ވ) ގައި: އެ ތިން ބޭފުޅުން މިއަދު ވަނީ އެ މަގާމަށް އައްޔަން ކުރައްވާފައި
މީޑިއާ ކޮމިޝަނަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ތިން މެމްބަރުން އެ ކޮމިޝަނަށް އައްޔަންކުރައްވައިފި އެވެ.
Advertisement

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރުހުން ދިނީ ބްރޯޑްކޮމްގެ ކުރީގެ ރައީސް ސަފާ ޝަފީގާއި، ބްރޯޑްކޮމްގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތުގެ އިތުރުން މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ މެންބަރު މުހައްމަދު ފަރުޝަތަށެވެ.

މި ތިން ބޭފުޅުންވެސް ކޮމިޝަނަށް އައްޔަންކުރުމަށް ރުހުން ދިނީ 54 މެންބަރުންގެ ތާއީދާ އެކު އެވެ. ރައީސް އޮފީހުން މިރޭ ބުނީ މަޖިލީހުން މިއަދު ރުހުން ލިބުނު އެ ތިން ބޭފުޅުން އެ މަގާމުތަކަށް މިއަދު އައްޔަން ކުރައްވާފައިވާ ކަމަށެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގައި ދެން ތިއްބަވާ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެންބަރުންނެވެ. ނަމަވެސް މިފަހަރު އެ ހަތަރު ބޭފުޅުން ކޮމިޝަންގެ މެންބަރު ކަމަށް ހޮވުނީ އިންތިހާބަކާ ނުލަ އެވެ.

ޓަކަށް ނުގޮސް މީޑީއާތަކުން އިންތިހާބުވި މެންބަރުން

އޮންލައިން ކެޓަގަރީ

  • ސިމާހާ ނަސީމް - ގދ. ރަތަފަންދޫ، ވެލީގެ،
  • ހުސައިން ސަގީފް - ހދ. ވައިކަރަދޫ، ހިސާން،

ބްރޯޑްކާސްޓިން ކެޓަގަރީ

  • އަބްދުލްއަޒީޒް އިބްރާހީމް - ށ. ފޭދޫ، މޫނިމާގެ،
  • ޒަމްއަތު އަހުމަދު ވަހީދު - ގދ. ތިނަދޫ، މަލަ،

ނޫސްވެރިން ދެކޮޅު ހަދަމުން ދަނިކޮށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

ނޫސްވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ މަޖިލީހާއި ސަރުކާރުގެ ނިޒާމުގެ ތެރެއިން މީޑިއާތައް ރެގިއުލޭޓް ކުރެވޭ ގޮތަށް އޮތުމެވެ. މީގެ އިތުރުން ކޮމިޝަނަށް މަޖިލިހުން ތިން ބޭފުޅަކު އައްޔަންކުރާ ގޮތަށް އޮތުމާއި ކޮމިޝަންގެ ހުރިހާ މެމްބަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ލިބޭ ގޮތަށް އޮތުމަކީ ވެސް ބޮޑު މައްސަލައެއް ކަމަށް ނޫސްވެރިން ދެކެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް