ads
ލުބުނާ
އެންޑީއޭގެ ޗެއާމަންކަމުން ލުބްނާ ވަކިކޮށް، ފޮރިން މިނިސްޓްރީއަށް
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއާމަންގެ މަގާމުގައި ހުންނެވި، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ މުހައްމަދު ޒާހިރު ހުސައިން އެ މަގާމުން ވަކިކޮށްފިއެވެ.
Advertisement

ލުބްނާ މިހާރު ވަނީ ފޮރިން މިނިސްޓްރީއަށް ބަދަލުކޮށްފައެވެ.

އެންޑީއޭގެ އާ ޗެއާމަނަކަށް މިހާރު ވަނީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހިމް އައްޔަންކޮށްފައެވެ. ލުބްނާ އިއްޔެ ފޮރިން މިނިސްޓްރީއަށް ބަދަލުކުރި ނަމަވެސް، މި ބަދަލު ގެނައި ވަކި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ލުބްނާ އެންޑީއޭގެ ޗެއާމަންގެ މަގާމަށް އައްޔަންކުރީ މިއަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ. އެހެންކަމުން އޭނާ މަގާމުން ބަދަލުކޮށްފައިވަނީ އައްޔަންކުރިތާ ގާތްގަނޑަކަށް ދެ މަސް ދުވަސް ފަހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް