ads
ރައީސް މުއިއްޒު މުންޑޫގައި އޭޓީއެމް ހިދުމަތް ފައްޓަވައިދެއްވަނީ
ރައީސްގެ ދަތުރުފުޅާއެކު މުންޑޫއަށް އޭޓީއެމްގެ ހިދުމަތް
ލ. މުންޑޫއަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފިއެވެ.
Advertisement

މުންޑޫގެ ރައްޔިތުންނަށް ބޭންކިންގެ ފަސޭހަތައް ލިބިގެންދާނެ މި ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ، ހައްދުންމަތީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެރަށަށް ކުރެއްވި ޒިޔާރަތުގައެވެ.

މިކަމަށްޓަކައި މުންޑޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު ވަނީ އޭޓީއެމް ހިދުމަތް އިފްތިތާހުކޮށްދެއްވައި، ހަނދާނީ ބޭންކު ކާޑެއް އެރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ. އާކޮށް ގާއިމުކުރި މި އޭޓީއެމް މެދުވެރިކޮށް، މުންޑޫގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލުތަކަށް ފައިސާ ދެއްކުމާއި ފައިސާ ޓްރާންސްފާ ކުރުން ފަދަ ހިދުމަތްތައް ލިބިގެންދާނެއެވެ.

މުންޑޫގައި އޭޓީއެމް ގާއިމުކޮށްފައިވަނީ އިކޮނޮމިކް މިނިސްޓްރީގެ ބެއްލެވުމުގެ ދަށުން ބީއެމްއެލް އިން ހިންގާ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުންނެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް 18 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފައެވެ. ބީއެމްއެލް އިން ބުނީ، ބޭންކުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން މުޅި ރާއްޖޭގެ ރަށްތަކަށް އޭޓީއެމްގެ ހިދުމަތް ފޯރުކޮށްދީގެން މަޝްރޫއު ނިންމާލުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް