ads
ރައީސް މުއިއްޒުގެ ލ މާބައިދޫ ކައުންސިލާ ބައްދަލުކުރެއްވުން
ރައީސްގެ ދަތުރުފުޅާއެކު މާބައިދޫއަށް ތަރައްގީގެ ތިން މަޝްރޫއެއް
ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މާބައިދޫއަށް މިއަދު ވަޑައިގެން، އެ ރަށުގެ ތަރައްގީއަށް އަމާޒުކޮށްފައިވާ މުހިންމު ތިން މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކުރައްވައިފި އެވެ.
Advertisement

މި މަޝްރޫއުތަކަކީ ރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން ސަރުކާރުން ހިންގުމަށް ނިންމާފައިވާ ކަންކަމެވެ.

މާބައިދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ މާބައިދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި އެ ރަށުގައި ހުންނަ ލ. އަތޮޅު މަދަރުސާގައި މަލްޓި-ޕާޕަސް ހޯލެއް އެޅުމުގެ މަޝްރޫއެވެ. މީގެ އިތުރުން ޒުވާނުންނަށް ހާއްސަކޮށް، ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑެއް އެޅުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއިކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާބައިދޫއަށް ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދަވާނެ ކަމަށެވެ. އެގޮތުން، މިހާރު ސޮއިކުރި މަޝްރޫއުތަކުގެ އިތުރުން، ރަށުގައި ވޮލީކޯޓެއް ހެދުމާއި ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރަށް ފުޅާކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް