ads
އޭޖޭ އަދި ޓޭލާ ސްވިޓް
އޭޖޭގެ ވީޑިއޯއަކުން ޓޭލާ ސްވިފްޓް ހައިރާންކޮށްލައިފި
ބެކްސްޓްރީޓް ބޯއީޒްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އޭޖޭ މެކްލީން ޕޯސްޓުކުރި ވީޑިއޯއަކަށް، މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ހާއްސަ ކޮމެންޓެއްކޮށް ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.
Advertisement

މި ވީޑިއޯއަކީ އޭޖޭ، ސްވިފްޓްގެ ލަވައަކާއި އޭނާގެ ބޭންޑުގެ ލަވައެއް މަޝްއަޕްކޮށްގެން ހަދާފައިވާ ވީޑިއޯއެކެވެ.

އުމުރުން 47 އަހަރުގެ އޭޖޭ، އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރި މި ވީޑިއޯގައި ފެނިގެންދަނީ، ޓޭލާ ސްވިފްޓްގެ 'އެލިޒަބަތު ޓޭލާ' އާއި ބެކްސްޓްރީޓް ބޯއީޒްގެ 'އެਵްރިބަޑީ (ބެކްސްޓްރީޓްސް ބެކް)' މި ލަވަ މިކްސްކޮށްގެން ޕާފޯމްކުރާ މަންޒަރެވެ. މި ރީމިކްސްގައި ބެކްސްޓްރީޓް ބޯއީޒްގެ ބީޓްސްއަށް ސްވިފްޓްގެ ލިރިކްސް ބޭނުންކޮށްފައިވެ އެވެ. އޭޖޭ ވަނީ މި ޕޯސްޓުގެ ކެޕްޝަންގައި ޓޭލާ ސްވިފްޓް ޓެގްކޮށްފަ އެވެ.

މި ވީޑިއޯއަށް ކޮމެންޓުކުރަމުން އުމުރުން 35 އަހަރުގެ ސްވިފްޓް ބުނެފައިވަނީ "އޯ ހައި އޭޖޭ، އޯ މައި ގޯޑް!" މިހެންނެވެ. އޭނާގެ މި ކޮމެންޓަށް ގާތްގަނޑަކަށް 95،000 ލައިކްސް ލިބިފައިވާއިރު، ސްވިފްޓްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް ވަނީ މި ވީޑިއޯއަށް ތައުރީފުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް