ads
ރައީސް މުއިއްޒު ލ. ގަމަށް ވަޑައިގަތުމުން އެރަށު ރައްޔިތުން މަރުހަބާ ކިޔަނީ
ގަމަށް ބަދަލުވި މީހުންނަށް 8.4 މިލިއަން ރުފިޔާ ބަހަނީ
އެހެން ރަށްރަށުން ގަމަށް ބަދަލުވެ ފައިސާ ނުލިބިވާ މީހުންނަށް ކޮމްމެ މީހަކަށް 50،000 ރުފިޔާ ދިނުމަށް ނިންމާ އެ ފައިސާ ހަމަޖައްސާފައިވާކަމަށްް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގަމަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސް މުއިއްޒު ވިދާޅުވީ އެހެން ރަށްރަށުން ލ. ގަމަށް ބަދަލުކުރުމުން ފައިސާ ދޭން ޖެހޭ 169 މީހަކު ތިބި ކަމަށް ފިނޭންސް މިނިސްޓްރީން ރަސްމީ ލިޔުން ލިބިފައިވާކަމަށެވެ. އެހެންކަމުން ހައުސިން މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީގެ ޓީމެއް ވަރަށް އަވަހަށް ގަމަށް އައިސް އެ ފައިސާ ލިބޭ މީހުންނާ ބައްދަލުކޮށް، ތަފުސީލުތައް އޮޅުން ފިލުވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

" 169 ފަރާތެއް މި ފައިސާ ލިބެން ޖެހޭ ކަން އަޅުގަނޑުމެންނަށް ރަސްމީކޮށް މިނިސްޓްރީއަށް ލިޔެކިޔުމުން ލިބިފައި އެބައޮތް. އެއީ ގާތްގަނޑަކަށް 8.45 މިލިއަން ރުފިޔާ، 50،000 ރުފިޔާގެ ރޭޓުން. އެ ފައިސާ ފިނޭންސް މިނިސްޓްރީން ވަނީ ހަމަޖައްސާފައި." ގަމު ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރަށް ބަދަލުވުމުން މިހާރު ފައިސާ ނުލިބިވާ ފަރާތްތަކަށް އެ ފައިސާ ހަވާލުކުރާނީ އެ މީހެއްގެ ބޭންކު އެކައުންޓު މެދުވެރިކޮށް ކަމަށް ރައީސް ވަނީ ވިދާޅުވިއެވެ. އަދި އެ ފައިސާ ލިބޭ ބައެއް މީހުން މިހާރު ނިޔާވެފައިވުންވެސް އެކަށީގެންވުމުން އެކަމުގައި ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ބަލާ އެކަން ނިންމަންޖެހޭ ގޮތަށް ނިންމަވާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

ސުނާމީ ކާރިސާއާ ގުޅިގެން ލ. މުންޑުއާއި ކަޅައިދޫން 1،200 އެއްހާ މީހުން ވަނީ ގަމަށް ބަދަލުކޮށްފައެވެ. އޭގެތެރެއިން ބައެއް މީހުންނަށް 50،000 ރުފިޔާގެ ރޭޓުން އޭރުވަނީ ފައިސާ ދޫކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް