އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލަ ދިމާވެ ދޭތެރެ ދޭތެރެއިން އެ ރަށްތަކުން އަންނަނީ ކަރަންޓް ކެނޑެމުންނެވެ. މިކަމާއި ގުޅިގެން އެ ސިޓީގެ ރަށްޔިތުން ޝަކުވާތައް އިންތިހާއަށް ވަނީ ބޮޑުވެފައެވެ.
ފެނަކައިން ބުނީ އައްޑޫ ސިޓީ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން 1.8 މެގަ ވޮޓުގެ ދެ ޖެނެރޭޓަރު ގެނެސްފައިވާކަމަށެވެ. މި ދެ ޖެނެރޭޓަރަކީ މުޅިން އާ ދޭތިކަމަށާއި މިތަކެތި ހިފައިގެން އައި އުޅަނދު މިހާރު މާލޭގެ ބަނދަރަށް ވަދެފައިވާކަމަށް ފެނަކައިން ވަނީ ބުނެފައެވެ. އެހެންނަމަވެސް މި ތަކެތި އައްޑޫ ސިޓީއަށް ގެންދާނެ ތާރީހެއް ނުބުނެއެވެ.
އައްޑޫ ސިޓީގެ ގިނަ ބަޔަކު ދެކޭ ގޮތުގައި އައްޑޫގެ ކަރަންޓު މައްސަލަ ހައްލުވާނީ އެ ސިޓީގައި އަލަށް ގާއިމުކުރާ ޕަވާ ހައުސް ނިމުމުންނެވެ. ނަމަވެސް އެ ތަނުގެ މަސައްކަތްވެސް މި ސަރުކާރުން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުމަށްފަހު އަދިވެސް މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ.