ads
ނަސްރު ﷲ
ނަސްރުﷲ ގެ ދައުވާ ޕީޖީން އަނބުރާ ގެންގޮސްފި
އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ޝައިހް ނަސްރު ﷲ ގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި، އޮރިޔާން ކާޑު އުފައްދައި ގެންގުޅުމާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި އަނބިދަރިންނަށް އަޅާނުލުމުގެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ނިންމާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މައްސަލަ އަނބުރާ ގެންގޮސްފިއެވެ.
Advertisement

ނަސްރު ﷲ ގެ މައްޗަށް ސާބިތުނުވި ދައުވާތައް އިތުރަށ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ދައުލަތުގެ ފަރާތުން ހައި ކޯޓަށް ސިޓީ އަކުން އެންގީ މިދިޔަ އޯގަސްޓް މަހުގައެވެ. 

މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ 2023 ވަނަ އަހަރު އެވެ.

މައްސަލަ ނެގި ސަބަބެއް ކަމަށް ބުނީ އެއީ ހާދިސާ ހިނގި ފަހުން ނުވަ އަހަރު ވެފައި ވުމާއި ހައި ކޯޓުން ހައްލެއް ބޭނުންވާ ހާއްސަ ގާނޫނީ ބަހުސެއް ނެތުމާއި އަނިޔާ ލިބުނު މީހާ ވެސް އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. 

ނަސްރު ﷲ ގެ މައްޗަށް ކުރިން ވަނީ 2017 ވަނަ އަހަރު ހަތަރު މީހަކު ހައްޖަށް ގެންގޮސް ހާލުގައި ޖެއްސި ކަމަށް ބުނެ ވެސް ދައުވާކޮށްފައެވެ. އެ މައްސަލާގައި އެނގި ހުރެ ސައްހަ ނޫން ގޮތުގައި ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ އުފުލި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް