ads
މިނިވަން މުވައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން
މީޑިއާ ކޮމިޝަންގެ ރައީސް އައްޔަންކުރަން ކޮމިޓީއަށް ފޮނުވައިފި
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައީސަކު އައްޔަންކުރުމުގެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.
Advertisement

ގިނަ މީޑިއާތަކަކުން ކަންބޮޑުވުން ފާޅުކުރަނިކޮށް އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަންގައި ޖުމުލަ ހަތް މެންބަރުން ތިއްބަވާއިރު އޭގެ ތެރެއިން ތިން މެންބަރުން އައްޔަންކުރަނީ މަޖިލީހުންނެވެ. އަދި، ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިޚާބުކުރާ މެންބަރުންނެވެ.

އާ ގާނޫނުގައި ވާގޮތުން އެ ކޮމިޝަންގެ ރައީސަކު އައްޔަންކުރަނީ މަޖިލީހުންނެވެ. އެގޮތުން ކޮމިޝަންގެ ރައީސަކަށް އައްޔަންކުރާނީ އެ ހަތް ބޭފުޅުންގެ ތެރެއިން ކޮމިޓީން ކަނޑައަޅާ ބޭފުޅެކެވެ.

އެހެންވެ، ކޮމިޝަނަށް އައްޔަންކުރައްވާފައިވާ ހަތް މެންބަރުންގެ ނަން ވެސް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފަ އެވެ. ކޮމިޓީން އެ ކޮމިޝަނަށް ރައީސަކު ކަނޑައެޅުމުން ތަޅުމުގައި އަދި ވޯޓަށް އަހާނެ އެވެ.

ނޫސްވެރިން ދެކޮޅު ހަދަމުން ދަނިކޮށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

ނޫސްވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ މަޖިލީހާއި ސަރުކާރުގެ ނިޒާމުގެ ތެރެއިން މީޑިއާތައް ރެގިއުލޭޓް ކުރެވޭ ގޮތަށް އޮތުމެވެ. މީގެ އިތުރުން ކޮމިޝަނަށް މަޖިލިހުން ތިން ބޭފުޅަކު އައްޔަންކުރާ ގޮތަށް އޮތުމާއި ކޮމިޝަންގެ ހުރިހާ މެމްބަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ލިބޭ ގޮތަށް އޮތުމަކީ ވެސް ބޮޑު މައްސަލައެއް ކަމަށް ނޫސްވެރިން ދެކެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް