އެ މައްސަލާގައި ހައްޔަރުކުރި ފަސް ވަނަ މީހަކީ ކ. ތުލުސްދޫ ލިންކް، ހަސަން އަބްދުއްރަހްމާން 52، އެވެ. އޭނާ ހައްޔަރުކުރީގެ ރޭގެ ވަގުތެއްގަ އެވެ.
ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ބުނީ، މިދިޔަ އާދިއްތަ ދުވަހު ތިލަފުށީގެ ތަންތަން ބަލައިފާސްކުރުމުގެ އޮޕަރޭޝާނެއް ހިންގައި، ވަގަށް ނަގާފައިވާ ދެ ކޮންޓެއިނަރުގެ ބައިތައް ހޯދާފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އެމީހަކީ ފަސްވަނަ މީހާއެވެ.