މިއަދު މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ މިދިޔަ ފަސް އަހަރު ދެ ހުތުބާއެއް ފޮތުވާފައި އޮތްކަމަށެވެ. އެއް ހުތުބާއަކީ ރިބާގެ ހުތުބާކަމަށާއި އަނެެއް ހުތުބާއަކީ ވެރި މިހާގެ މަސްއޫލިއްޔަތާއި ގުޅޭ ހުތުބާކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި މި ހުތުބާ ކިޔަން ޝެޑިއުލްކޮށްފައި އޮއްވާ އޮތީ ހުތުބާތައް ނުކިޔާ ގޮތަށް ނިންމާ ފޮރުވާފައިކަމަށާއި މި ސަރުކާރުން އައިސް އެ ދެ ހުތުބާ ކިޔާފައިވާކަމަށެވެ.
މި ވާހަކަތަކަށް ރައްދު ދެއްވާ މިދިޔަ ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު އަލީ ޒާހިރު ވިދާޅުވީ މަޖިލީހުގައި މިހާރުގެ އިސްލާމިކް މިިނިސްޓަރު ޝަހީމް ހެއްދެވީ އިތުރުފުޅެއް ކަމަށެވެ.
އެމްޑީޕީ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީން އެއްވެސް ބޭފުޅަކު ލިޔުއްވި އެެއްވެސް ހުތުބާއެއް ފޮރުވާފައި ނުވާނެ ކަމަށް ޑރ. ޒާހިރު ވިދާޅުވިއެވެ.
އެމްޑީޕީ ސަރުކާރުގައި ހުތުބާ ކިޔުމަށް ބަދަލެއް ގެނެސްފައިވާނެ ކަން ފާހަގަކުރައްވަމުން ޒާހިރު ވިދާޅުވީ ކުރީ ސަރުކާރުގައި އާ ހުތުބާތައް ކިޔާފައިވާނެ ކަމަށެވެ. އެގޮތުން މުޖުތަމައުއަށް ބޭނުންތެރި ރަނގަޅު މައުޟޫއުތަކަށް ހުތުބާތައް މިދިޔަ ސަރުކާރުގައި ހަދާ ކިޔާފައިވާކަމަށް ޒާހިރު ވިދާޅުވިއެވެ.