ads
މުހައްމަދު ރިޔާޒް
އެމްއޭސީއެލް ބޯޑުން ރިޔާޒު ވަކިކުރުމަށް ފަހު ބޯޑް މެމްބަރުންގެ އަދަދު ނުވައަކަށް ހަދަނީ
އެމްއޭސީއެލްގެ ބޯޑުގެ މެމްބަރު މުހައްމަދު ރިޔާޒު (ލެޓްސް ގޯ ރިޔާޒު) ވަކި ކުރުމަށް ފަހު އެ ބޯޑުގައި ތިބޭ މެމްބަރުން ގެ އަދަދު 9 އަކަށް ހަދަން ނިންމާއިފިކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
Advertisement

ޕްރައިވަޓައިޒޭޝަން ބޯޑުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުނީގެ ބޯޑުން ރިޔާޒު މިދިޔަ ހޮނިހިރު ދުވަހު ވަކިކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ ބޯޑުގައި މި ވަގުތު ތިއްބެވީ ހަ މެމްބަރުންނެވެ.

އޭގެ އިތުރުން، އެ ކުންފުނީގެ ބޯޑުގެ ހިންގުން ހަރުދަނާ ކުރުމާއި އޮޑިޓް އަދި ރިސްކް ފަދަ ކޮމިޓީތައް ރަނގަޅަށް ހިނގާ ގޮތް ހެދުމަށް، އެމްއޭސީއެލްގެ ބޯޑުގެ އަދަދު ވެސް 7 އިން 9 އަށް އިތުރުކޮށްފަ އެވެ. އަދި އެ ބޯޑަށް ވަރަށް އަވަހަށް އިތުރު މެމްބަރަކު އައްޔަން ކުރާނެ ކަމަށް އެނގިފައި ވެ އެވެ އެވެ.

އެމްއޭސީއެލްގެ ބޯޑުގައި މިހާރު ތިއްބެވީ ޗެއާޕާސަން އައިޝާ ނޫރްއައިން ޖަނާހް އާއި އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި ސަހާ ވަހީދާއި އިބްރާހިމް ސިޔާދު ގާސިމާއި މުހައްމަދު މިހާދު އަދި އިބްރާހިމް މަހުދީ އެވެ.

އެމްއޭސީއެލްގެ ބޯޑަށް ބަދަލުތަކެއް ގެނައި އިރު، މި ސަރުކާރުގެ ގިނަ ޕްރޮޖެކްޓުތަކެއް މި ފަހުން ވަނީ އެ ކުންފުންޏާ ހަވާލުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް