ads
މޭޔަރު އާދަމް އާޒިމް ނޫސްވެރިންނާއި ބައްދަލުކުރެއްވުން - ފޮޓޯ: މާލެ ސިޓީ ކައުންސިލް
ބަންގީގެ އަޑެއް މަޑެއް ނުކުރަން، ޝަހީމް ހެއްދެވީ އިތުރުފުޅެއް : އާޒިމް
މިސްކިތްތަކުގެ ބަންގީގެ އަޑު މަޑުކަރަނީ މާލޭ ސިޓީ ކައުންސިލުންކަމަށް ބުނެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މަޖިލީހުގައި މިއަދު ހެއްދެވީ އިތުރުފުޅެއްކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
Advertisement

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު ޑރ. އަހުމަދު ޝަމްހީދު މަޖިލީހުގައި މިނިސްޓަރު ޝަހީމާ ކުރެއްވި ސުވާލެއްގައި ވިދާޅުވީ ހުޅުމާލޭ މިސްކިތްތަކުގައި ބަންގީގެ އަޑު ވަރަށް މަޑުކަމަށެވެ. އަދި އެކަން ރަނގަޅުކޮށްލަދެއްވަން އޭނާ އެދިވަޑައިގަތެވެ. 

މި ވާހަކަތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ މިނިސްޓްރީން އަންގާފައިވާނީ ބަންގީގެ އަޑު ވީހާވެސް ދުރަށް އިއްވުމަށްކަމަށެވެ. އަދި ހުޅުމާލޭ މިސްކިތްތައް ބަލަހައްޓަނީ މާލޭ ސިޓީ ކައުންސިލުންކަމަށާއި ސިޓީ ކައުންސިލުގައި އެތިބޭ ބަޔަކު ގޮސްގެން އަޑު މަޑުކުރާ ގޮތް ހެދުމަކީ މިނިސްޓްރީއާ ބެހޭ ކަމެއް ނޫންކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

އަދި މެމްބަރު ޝަމްހީދަށް މަލާމަތް ރައްދުވާ ގޮތަށް ޝަހީމް ވަނީ ބައެއް ބަސްތައް ވިދާޅުވެފައެވެ. 

"މަނިކުފާނާ [ޝަމްހީދު] އެތާ ހުންނަވާ ބޭފުޅާ [އާޒިމް]އާ ވަރަށް ގާތްހެން އަޅުގަނޑަށް ހީވަނީ. ފަހަރެއްގައި ވާދަވެރިން ދެ ބޭފުޅުން ކަމަށްވެސް ވެދާނެ އެކަމަކު ބަންގީގެ މައްސަލައިގައި ވާދަވެރިކަން އޮވެގެން ނުވާނެ." ހެމުން ޝަހީމް ވިދާޅުވިއެވެ.

މި ވާހަކަކަށް ރައްދުދެއްވާ މާލޭ މޭޔަރު އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަހީމް ކަނޑައެޅިގެން ހެއްދެވީ އިތުރުފުޅެއްކަމަށެވެ. 

" އެކަހަލަ ކަމެއް ކޮށްފައެއް ނުވާނެ. ބަންގީގެ އަޑު މަޑުކޮށް ގަދަކުރަނީ މިނިސްޓްރީގެ އިންސްޓްރަކްޝަނަށް މިނިސްޓްރީން ވަޒީފާ ދީފައިވާ މުދިމުން." ޝަހީމަށް ރައްދުދެއްވާ އާޒިމް އެކްސްގައި ލިޔުއްވާފައިވެއެވެ.

މިއަދުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޝަހީމް ވަނީ މިދިޔަ ސަރުކާރުން ދެ ހުތުބާއެއް ނުކިޔާ ފޮރުވިކަމަށްވެސް ވިދާޅުވެފައެވެ. އެހެންނަމަވެސް މި ވާހަކަތައްވެސް މިދިޔަ ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ ޑރ. އަހްމަދު އަލީ ޒާހިރު ވަނީ ދޮގުކުރައްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް