ads
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް
ދެމަފިރިންގެ މަރު: ބެލެވެނީ ދެމީހުންވެސް ކަރަންޓްގައި ޖެހުނީކަމަށް
އައްޑޫ ހިތަދޫގެ ގެއެއް ތެރޭ ނިޔާވެފައި އޮއްވާ ފެނުނު ދެމަފިރިން ނިޔާވެފައި ވަނީ ކަރަންޓްގައި ޖެހިގެންކަމަށް ބެލެވޭކަމަށް އެރަށު ވާހަކަ ދެއްކި މީހަކު ބުނެފިއެވެ.
Advertisement

މި ދެމަފިރިންގެ ހަށިގަނޑު މިހާރުވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނިޔާވެފައިވަނީ ސި ހިތަދޫ ކުރޭނުގެ އުމުރުން 60 އަހަރުގެ އިބްރާހިމް އަބްދުﷲ އާއި އޭނާގެ އަންހެނުނ ސ. މަރަދޫ ނާރެސް އުމުރުން 52 އަހަރުގެ ފަރަހަނާޒް ރަޝީދެވެ. 

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ ދެމަފިރިން މަރުވެފައި އޮއްވާ ފެނުނީ އެ މީހުން އަލަށް ބަދަލުވި ގެއަށް ދިޔަ ފަހުން ހަބަރެއް ނުވެގެން މިއަދު އެގެއަށް ވަދެ ބެލުމުންކަމަށެވެ. 

ދެމަފިރިން މަރުވެފައި އޮއްވާ ފެނުނީ ފާހާނާ ތެރެއިންކަމަށާއި ބެލެވޭ ގޮތުން އެ މީހުން ނިޔާވީ ފާހާނާގައި މަސައްކަތެއް ކުރަން އުޅުމުގެ ތެރޭގައިކަމަށެވެ. އަދި ފާހާނާ ތެެރޭގައި ހުރި ސާމާނަށް ބަލާއިރު އެމީހުން ކުރީ ކަރަންޓްގެ މަސައްކަތެއްކަމަށް ބެލެވޭކަމަށްވެސް އެމީހާ ކިޔާދިނެވެ. 

ދެމަފިރިން ނިޔާވީ ކަރަންޓްގައި ޖެހިގެންކަމަށް ބެލެވޭކަމަށާއި ދެ މީހުން ނިޔާވެފައި ތިބިއިރި ތިބީ ދެ މީހުންގެ ބޯ ޖެހިފައިކަމަށްވެސް އެ މީހާ ކިޔާ ދިނެވެ. 

މި ހާދިސާއާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް މިހާތަނަށް ބެލި ބެލުމުން ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ފެނިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

4%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
91%
ސަތޭކައަކުން ސުމެއް
2%
ވަރަށް ސަލާމް
ކޮމެންޓްސް