ads
ނަރޮޑިޓްސްކީ
އެމެރިކާގެ ޗެސް ގްރޭންޑްމާސްޓަރު ނަރޮޑިޓްސްކީ މަރުވެއްޖެ
އެމެރިކާގެ ޗެސް ގްރޭންޑްމާސްޓަރު އަދި މަޝްހޫރު ޗެސް އެޑިއުކޭޓަރު ޑެނިއަލް ނަރޮޑިޓްސްކީ އުމުރުން 29 އަހަރުގައި މަރުވެއްޖެއެވެ.
Advertisement

ނަރޮޑިޓްސްކީ އަކީ ޗެސް ކުޅުމުގެ އިތުރުން އޮންލައިންކޮށް ގިނަ ބަޔަކަށް ޗެސް ކުޅެން ދަސްކޮށްދީފައިވާ، އަދި ސްޓްރީމްކޮށްގެން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފަރާތެކެވެ.

ނަރޮޑިސްކީ މަރުވިކަން އިއުލާންކޮށްފައިވަނީ އެމެރިކާގެ ނޯތު ކެރޮލައިނާގައި ހުންނަ ޝާލޮޓް ޗެސް ސެންޓަރުންނެވެ. އެއީ އޭނާ ޗެސް ކުޅެން ތަމްރީނު ހޯދި އަދި އެހެން ކުޅުންތެރިންނަށް ކޯޗުކޮށްދިން މަރުކަޒެވެ. ޒުވާން އުމުރުގައި އޭނާ މަރުވުމަކީ ޗެސްގެ ދުނިޔެއަށް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ.

ނަރޮޑިޓްސްކީ މަރުވި ވަކި ސަބަބެއް އަދި މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ. އޭނާ އަކީ ޗެސް ކުޅުމުގެ ދާއިރާއިންނާއި، އަދި ޗެސް އުނގަންނައިދިނުމުގެ ދާއިރާއިންވެސް ގިނަގުނަ ހިދުމަތްތަކެއް ކޮށްދީފައިވާ ފަރާތެއްކަން ފާހަގަކޮށްލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް