ads
ފިނޭންސް މިނިސްޓްރީ ފޮޓޯ: ހަސަން ނަސީރު / ސީއެންއެމް
ދައުލަތުގެ ހަރަދު 15.3 ޕަސަންޓުން ދަށްވެ، ބަޖެޓުން 186.7 މިލިއަނުގެ ފައިދާ
ފިނޭންސް މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ މާލީ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ދައުލަތުގެ ހަރަދު 15.3 ޕަސަންޓު ދަށަށް ހިނގައްޖެއެވެ.
Advertisement

މިއާއެކު ދައުލަތުގެ ބަޖެޓުގެ އޯވާއޯލް ބެލެންސް 186.7 މިލިއަން ރުފިޔާގެ ސާޕްލަސްއެއްގައި ދެމެހެއްޓިފައިވާކަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 30.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ހަރަދުތައް ދަށްވެފައިވާގޮތަށް ބަލާއިރު، އެންމެ ބޮޑު ދަށްވުމެއް ފާހަގަކުރެވިފައިވަނީ ކެޕިޓަލް ހަރަދުންނެވެ. އެގޮތުން ކެޕިޓަލް ހަރަދު ވަނީ 58.1 ޕަސަންޓުން ދަށްވެފައެވެ. އަދި ރިކަރަންޓް ހަރަދު 0.2 ޕަސަންޓުން ދަށްވެފައިވެއެވެ. ނަމަވެސް، މި މުއްދަތުގެ ތެރޭގައި ދައުލަތުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް ކުރި ހޭދަ ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު 118 ޕަސަންޓު އިތުރުވެފައެވެ. މިގޮތަށް ދިމާވި މައިގަނޑު ސަބަބަކީ ކުރިން ނަގާފައިވާ ލޯނުތަކަށް ދައްކަން ޖެހުނު އިންޓަރެސްޓް އިތުރުވުން ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މި އަހަރުގެ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މިސްރާބުވެސް ވަނީ ބަދަލުވެފައެވެ. މިދިޔަ އަހަރު ބިން ހިއްކުމާއި މަގު ހެދުމުގެ މަޝްރޫއުތަކަށް ބޮޑު ހަރަދެއް ކޮށްފައިވާއިރު، މިއަހަރު އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމުގެ މަޝްރޫއުތަކަށެވެ. އެގޮތުން ޕީއެސްއައިޕީއަށް ހަރަދުކުރި 5.9 ބިލިއަން ރުފިޔާގެ ތެރެއިން 3.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ މިފަދަ މަޝްރޫއުތަކަށެވެ. މީގެ އިތުރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 164 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް