ads
ޖިންސީ ގޯނާއާއި ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޓީޗަރަކު ހައްޔަރުކޮށްފި
އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، ޓީޗަރެއް ކަމަށް ބެލެވޭ 46 އަހަރުގެ މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ.
Advertisement

ފުލުހުން ބުނީ މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެމީހާ އަކީ ޓީޗަރެއްކަމަށް ފުލުހުން ހާމަނުކުރި ނަމަވެސް، ފުލުހުން ބުނެފައިވަނީ، އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއް އިއްޔެ ހުށަހަޅާފައިވާކަމަށް ބުނެފައިވެއެވެ. މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނެކެވެ.

ރިޕޯޓުތައް ބުނާގޮތުން، މި ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާއަކީ ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރެކެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ބޮޑު ޖިނާއީ ކުށެއް ކަމުން، ފުލުހުން އަންނަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް