ads
ޓްރީ ޓޮޕް ހޮސްޕިޓަލާއި ދިރާގުގެ އޮފިޝަލުން. - ފޮޓޯ/ޓްރީ ޓޮޕް
ދިރާގު ރޭހުގެ މެޑިކަލް ޕާޓްނަރަކަށް ޓްރީ ޓޮޕް ހޮސްޕިޓަލް
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025 ގެ ރަސްމީ މެޑިކަލް ޕާޓްނަރަކަށް ޓްރީޓޮޕް ހޮސްޕިޓަލް ހަމަޖައްސައިފި އެވެ.
Advertisement

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ޕާޓްނާޝިޕުގެ ދަށުން އެ ދުވުމަށް ބޭނުންވާ މެޑިކަލް އެހީތެރިކަން އެ ހޮސްޕިޓަލުން ފޯރުކޮށްދޭން ހަމަޖެހިފައިވާ ކަމަށެވެ. ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި މިއަހަރު ރާއްޖެ އާއި ރާއްޖެއިން ބޭރުގެ 4،500 އަށް ވުރެ ގިނަ ބައިވެރިން ދުވާނެ އެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް)ގެ ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓްކޮށްފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.

ދިރާގު ރޯޑް ރޭހުގެ ދުވުންތައް މިއަހަރު އޮންނާނީ ތިން ދަންފަޅިއަކަށް ބަހާލައިގެންނެވެ. ހާފްމެރަތަން އޮންނާނީ ދަންވަރު 2:30ގަ އެވެ. އަދި 10 ކިލޯމީޓަރުގެ ދުވުން ފަތިހު 5:30ގައި އޮންނަ އިރު 5 ކިލޯމީޓަރުގެ ދުވުން އޮންނާނީ ހަވީރު 4:30 ގަ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއި އެކު، ޓްރީޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް