މި މަގާމުގެ ޝަރުތެއްގެ ގޮތުގައި ވަނީ ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން، ނުވަތަ ސިޔާސަތު ކަނޑައެޅުމާބެހޭ ދާއިރާއިން، ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވާ މީހަކު ކަމުގައި ވުމެވެ.
މި މަގާމަށް ކުރިމަތިލާ މީހަކީ އުމުރުން 30 އަހަރު ވެފައިވާ މީހަކަށް ވާންޖެހޭނެކަމަށާއި މީޑިއާއެއްގެ މަސްއޫލުވެރި ފަރާތެއް ކަމުގައި ނުވަތަ އެޑިޓަރެއްގެ މަޤާމު އަދާކުރަމުންދާ މީހަކު ކަމުގައި ވެގެން ނުވާނެކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެއެވެ.
މުސާރަ
މި މަގާމުގެ އަސާސީ މުސާރައަކީ މަހަކު 20،500.00 ރުފިޔާއެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000.00 ރުފިޔާ ލިބޭނެެއެވެ. މި މަގާމަށް މީހަކު އައްޔަންކުރަން ހަމަޖެހިފައިވަނީ 5 އަހަރު ދުވަހުގެ މުއްދަތަކަށެވެ.
މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 28 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00ެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް ހުށަހެޅުމަށް އެ ކޮމިޝަނުން އެދެއެވެ.
މި މަޤާމަށް ކުރިމަތިލާ، މަގާމުގެ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން، މަގާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓާވިއު އާއި ޕްރެޒެންޓޭޝަން ހުށަހެޅުން އަދި އިމްތިހާނު އޮންނާނީ މިމަހުގެ 29 އާ އަންނަމަހުގެ 19 އާ ދެމެދު މާލޭގައި ކަމަށްވެސް ސިވިލް ސާވިސް ކޮމިޝަނުން ބުނެއެވެ.