ads
ސްޓެލްކޯ އިިން ތިލަފުށީގައި ގެންދިޔަ ގަސް އިންދުމުގެ ޕްރޮގްރާމް
ސްޓެލްކޯ އިން 74000 އަށްވުރެ ގިނަ ގަސް އިންދައިފި
ފަސް މިލިއަން ގަސް އިންދުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމްޣޭ ތެރެއިިން ސްޓެލްކޯ އިން މިހާތަނަށް 74000 އަށް ވުރެ ގިނަ ގަސް އިންދައިފި އެވެ.
Advertisement

ސަރުކާރުގެ "ފަސް އަހަރުން ފަސް މިލިއަން ގަސް" ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން ފަސް އަހަރުން ފަސް ލައްކަ ގަސް އިންދުމުގެ ހަރަކާތެއް ސްޓެލްކޯ އިން ވަނީ ފަށާފަ އެވެ.

ސްޓެލްކޯ އިން ބުނީ މިދިޔަ އަހަރުގެ ޖޫން ފަސް ވަނަ ދުވަހުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނިން ހިދުމަތްދޭ ރަށްރަށުގައި ޖުމްލަ 74،282 ގަސް އިންދާފައިވާ ކަމަށެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް އިފުތިތާހުކުރީ މިދިޔަ އަހަރުގެ ތިމާވެށީގެ ދުވަހު ޖޫން 5 ގަ އެވެ. މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދެވުމުގެ ޕްރޮގްރާމެއް ހިންގަވާނެކަން ރައީސް ޑރ. މުއިއްޒު އިއުލާން ކުރެއްވީ 2023 ގެ ޑިސެމްބަރު ޔޫއޭއީގައި އޮތް "ކޮޕް28" ގަ އެވެ.

މި ޕްރޮގްރާމްގައި ސަރުކާރުގެ ވަރަށް ކުންތުނިތަކާއި މުއައްސަސާތަކާއި ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ވެސް ހިއްސާވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް