ads
މުހައްމަދު ފަރުޝަތު
މީޑިއާ ކޮމިޝަނުގެ ރައީސަކަށް ކޮމެޓީން ނިންމީ ފަރުޝަތު އައްޔަންކުރަން
މީޑިއާތައް ކޮންޓްރޯލް ކުރަން ހެދި މީޑިއާ ކޮމިޝަންގެ ރައީސަކަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ކުރީގެ މެމްބަރު މުހައްމަދު ފަރުޝަތު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
Advertisement

ކޮމިޓީން ވަނީ މީޑިއާ ކޮމިޝަނުގެ ހަތް މެންބަރުންނާ ވެސް އިންޓަވިއުކޮށްފައެވެ. ކޮމެޓީގެ މިއަދު ބައްދަލުވުުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ފާސްކުރީ އެ މަގާމަށް އެންމެ ގާބިލީ ފަރުޝަތު ކަމަށެވެ.

ކޮމިޓީން ފަރުޝަތުގެ ނަން ފާސްކުރުމުން ރައީސަކަށް އައްޔަންކުރާނެ ފަރާތެއް ކަނޑައަޅާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. އެކަމަކު ކޮމިޝަންގެ ނައިބު ރައީސަކު ހޮވާނީ، މެމްބަރުންގެ ތެރޭގައި ނަގާ ވޯޓަކުންނެވެ.

ކޮމިޝަނަށް މަޖިލީހުން ކަނޑައެޅި މެމްބަރުން 

  • މުހައްމަދު ފަރުސަތު، ހ. ޓޫހާޓްސް
  • ބްރޯޑްކޮމްގެ ކުރީގެ ރައީސް ސަފާ ޝަފީގު، ބިއްލޫރިވިލާ/ދ. މީދޫ
  • ބްރޯޑްކޮމްގެ ކުރީގެ މެމްބަރު އާމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި

ބްރޯޑްކާސްޓަރުން ތަމްސީލު ކުރާ މެންބަރުންގެ ގޮތުގައި ކޮމިޝަނަށް އައްޔަންކުރި މެމްބަރުން

  • އަބްދުލް އަޒީޒު އިބްރާހިމް، ށ.ފޭދޫ/މޫނިމާގެ
  • ޒަމްއަތު އަހުމަދު ވަހީދު، މަލަ/ގދ.ތިނަދޫ

އެހެނިހެން މީޑިއާ ތަމްސީލު ކުރާ މެންބަރުންގެ ގޮތުގައި ކޮމިޝަނަށް އައްޔަނުކުރި މެމްބަރުން

  • ސިމާހާ ނަސީމް، ވެލީގެ/ގދ. ރަތަފަންދޫ
  • ހުސެން ސަގީފް، ހިސާން/ހދ.ވައިކަރަދޫ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް