މައީޝާ އެކްސްގައި ކުރި ޕޯސްޓެއްގަިއ ވަނީ އޭނާ ދަރިފުު އަތުލަން ޖެންޑާ މިނިސްޓްރީން އެގެއަށް ވަން ގޮތާއި އޭނާގެ ދައްތައަށް ގުޅާ ޖެންޑާ މިނިސްޓްރީން ދެއްކި ވާހަކަތަކާއި އެކަން ހިނގި ގޮތް ހިއްސާކޮށްފައެވެ.
މައީޝާ ބުނީ މިއަދު ޖެންޑާ މިނިސްޓްރީން އޭނާގެ ދައްތައަށް ގުޅިކަމަށެވެ. އަދި މައީޝާގެ ދެ އަހަރުގެ ދަރިފުޅު އޭނާ އަތުން ނަގާފައި މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދަން ބޭނުންވާ ކަމަށް ދައްތަ ގާތު ބުނިކަމަށް މައީޝާ ވަނީ ބުނެފައެވެ.
މިނިސްޓްރީން ދައްތައަށް ގުޅުމުން ވެގެން އުޅޭގޮތް ބެލުމަށް ޖެންޑާ މިނިސްޓްރީއަށް ގުޅިކަމަށާއި އެހެންނަމަވެސް މިނިސްޓްރީން ޖަވާބެއް ނުލިބުނުކަމަށް މައީޝާ ވަނީ ބުނެފައެވެ. އަދި އޭގެ ފަހުން އަނެއްކާ ވެސް ދައްތަ އޭނާއަށް ގުޅައި، މިނިސްޓްރީގެ މުވައްޒަފުން މައީޝާގެ ގެއަށް ވަދެ އުޅޭ ކަމަށް ދައްތަ ބުނިކަމަށްވެސް މައީޝާ އެކްސްގައި ކުރި ޕޯސްޓުގައިވެެެވެ.
މި ހުރިހާ ކަމެއް ހިނގީ އޭނާ މަސައްކަތުގައި އުޅެނިކޮށް ކަމަށާއި އޭގެ ފަހުން ވެސް ވަރަށް ގިނަ ކަންކަން ހިނގައިފި ކަމަށް ވެސް މައީޝާ ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން ޖެންޑާ މިނިސްޓްރީން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.