ads
މަޓީގެ ބައެއް މެންބަރުން - ފައިލް ފޮޓޯ: މަޓީ
އދ. ގެ ފަތުރުވެރިކަމާ ބެހޭ ޖަމްއިއްޔާގެ ބޯޑަށް މަޓީ އިންތިހާބުކޮށްފި
އދ. ގެ ފަތުރުވެރިކަމާ ބެހޭ ޖަމްއިއްޔާގެ ބޯޑަށް މަޓީ އިންތިހާބުކޮށްފި އެވެ.
Advertisement

ޔޫއެން ޓޫރިޒަމްގެ ބޯޑަށް މަޓީ އިންތިހާބުވީ 2026-2029ގެ ދައުރަށެވެ. މިއީ އެ ބޯޑަށް ދިވެހި ޖަމިއްޔާއެއް އިންތިހާބުވި ފުރަތަމަ ފަހަރެވެ. 

އެ މަގާމަށް މަޓީ ވާދަކުރީ ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް އެ ބޯޑުގައި ކަނޑައަޅާފައިވާ ދެ ޖާގައިގެ ތެރެއިން ޖާގައަކަށެވެ. އަދި އެ ބޯޑުގައި މަޓީ ތަމްސީލުކުރައްވާނީ އެ ޖަމިއްޔާގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އައްސަދު އަލީ އެވެ.

އައްސަދު އެންމެ ފުރަތަމަ ބައިވެރިވެވަޑައިގަންނަވާ ބޯޑު ބައްދަލުވުން އޮންނާނީ އަންނަ މަހު 11ގައި ސައުދީ އަރަބިއްޔާގެ ރިޔާދުގަ އެވެ.

މަޓީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން މި ބައިނަލްއަގްވާމީ ބޯޑުގައި ހިމެނުނު ފުރަތަމަ ޖަމްއިއްޔާ އެވެ. މަޓީއަށް ޔޫއެންޑަބްލިޔުޓީއޯގެ އެފިލިއޭޓް މެންބަރުކަން ލިބިފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހު ބޭއްވި ޔޫއެންޑަބްލިޔުޓީއޯގެ 23 ވަނަ އާންމު މަޖިލީހުންނެވެ.

ޔޫއެންޓީއޯގެ އެފިލިއޭޓް މެންބަރުންގެ ބޯޑަކީ އިންތިހާބީ 20 މަގާމެއް ހިމެނޭ ބޯޑެކެވެ. މި ބޯޑު އެކުލަވާލާފައިވަނީ ބައިނަލްއަގްވާމީ 6 ސަރަހައްދުން 12 ރީޖަނަލް މެންބަރުންނާއި، 8 ގްލޯބަލް މެންބަރުން ހިމެނޭ ގޮތަށެވެ.

ޔޫއެންޓީއޯގެ އެފިލިއޭޓް މެންބަރުންގެ ބޯޑުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެ ބޯޑުގެ ޕްލެނަރީ ސެޝަންތަކުގެ އިދާރީ އަދި ފަންނީ ނިންމުންތައް ނިންމުން ހިމެނެ އެވެ. މީގެ އިތުރުން، އެފިލިއޭޓް މެމްބަޝިޕްގެ މަސައްކަތުގެ ޕްރޮގްރާމާ އަހަރީ މަގުސަދުތަކާ ބެހޭ އިސްތިރާޖީ ލަފާ ދިނުމާއި، އެފިލިއޭޓް މެންބަރުންގެ ޕްރޮގްރާމް އޮފް ވޯކްއާ ބެހޭ ގޮތުން ސެކްރެޓަރީ ޖެނެރަލަށް ލަފާ ދިނުންވެސް ހިމެނެ އެވެ. 

މީގެ އިތުރުން، އެފިލިއޭޓް މެންބަރުކަމާ ގުޅޭ އިސްތިރާޖީ ކަންކަމުގައި ލަފާދިނުމާއި، ކޮމިޓީން ހަވާލުކުރާ މަސައްކަތްތައް ކުރުންވެސް ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް