ދެ ކޮންޓެއިނަރު އުފުލި ބޯޓުގެ ކެޕްޓަންއަކީ، ނ. މިލަދޫ ކެނެރީގޭ، އާދަމް ވަހީދުއެވެ. އުމުރުން 57 އަހަރުގެ އާދަމް ވަހީދު ބަންދުކޮށް އޭނާގެ ބަންދަށް ހަތް ދުވަސްވަނީ މިއަދު ޖަހައިފައެވެ.
މި މައްސަލައިގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން ފަސް މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)އާއި ކަސްޓަމްސްގައި ކުރިން މަސައްކަތްކުރި، މިހާރު މިފްކޯގެ މެނޭޖަރެއްގެ މަގާމުގައި ހުރި މުއާޒް އަލީގެ އިތުރުން ކަސްޓަމްސްގެ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް ހިމެނެއެވެ.