ޔަޒްމީދު މި މަގާމަށް އައްޔަނު ކުރެވުނީ އެ ކޮމިޝަންގެ ނައިބު ރައީސް ކަމުން ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ވަކިވުމުންނެވެ.
އެނގިފައިވާ ގޮތުގައި ކުރިން ކޮމިޝަނުގެ ނައިބު ރައީސަކަށް ހުންނެވި ހައި ކޯޓުގެ ފަނޑިޔާރު ނިޔާޒު އިއްޔެގެ ވަގުތެއްގައި ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ކޮމިޝަނުގެ ނައިބު ރައީސްކަމުން ނިޔާޒު އިސްތިއުފާ ދެއްވި ސަބަބެއް އަދި ނޭނގެ އެވެ.
ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވި ނަމަވެސް އަދިވެސް އެއީ ކޮމިޝަނުގެ މެންބަރެކެވެ.
ނައިބު ރައީސްގެ ހުސްވުމުން ކޮމިޝަނުގެ ބައްދަލުވުމަކުން ޔަޒުމީދަށް ކޮމިޝަނުގެ ނައިބު ރައީސްކަން ދިނުމަށް ނިންމާފައިވެ އެވެ.
ޔަޒްމީދަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ކޮމިޝަނުގައި ތަމްސީލު ކުރައްވާ މެމްބަރު އެވެ.