ads
މިނިސްޓަރު ޝަހީމް
ތުޅާދޫ މިސްކިތުގެ މައްސަލާގައި ޝަހީމާއި ކައުންސިލާ ދެމެދު ހޫނު ބަހުސެއް
ބ. ތުޅާދޫގައި ހުންނަ މަސްޖިދުއްރަހުމާން އަލުން ނުހުޅުވި ލަސްވާ މައްސަލާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެރަށު ކައުންސިލާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކޮށް، މައްސަލަ ހޫނުވެއްޖެ އެވެ.
Advertisement

މިނިސްޓަރު ޝަހީމް ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވީ މިސްކިތް ހުޅުވުން ލަސްވަނީ ކައުންސިލުން އެއްބާރުލުން ނުދޭތީ ކަމަށެވެ. ނަމަވެސް އެ ވާހަކަތައް ދޮގުކޮށް ކައުންސިލުން ވަނީ މިނިސްޓަރަށް ވަރުގަދަ ރައްދެއް ދީފަ އެވެ.

މި މައްސަލަ ފެށުނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަހީމް ވާހަކަ ދެއްކެވުމުންނެވެ. ޝަހީމް ވިދާޅުވީ، މިސްކިތުގެ މައްސަލާގައި ތުޅާދޫ ކައުންސިލުން އިސްލާމިކް މިނިސްޓްރީއަށް އެއްވެސް އެއްބާރުލުމެއް ނުދޭ ކަމަށާއި، ކަންކަމަށް ހުރަސް އަޅަމުން އަންނަ ކަމަށެވެ. އެ މިސްކިތް ވަގުތީ ގޮތުން ބަންދުކުރީ އެތަނުގެ ގޯތި ތެރެއިން ގަބުރުތަކެއް ކަމަށް ބެލެވޭ ތަންތަން ފެނުމާ ގުޅިގެން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

މިނިސްޓަރު ޝަހީމްގެ ވާހަކަތަކާ ގުޅިގެން ތުޅާދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ އެއީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް ބުނެ، އެ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. ކައުންސިލުން ބުނީ މި މައްސަލާގައި މިނިސްޓްރީއާ އެކު ބޭއްވި ބައްދަލުވުމަށް މިނިސްޓަރު ހާޒިރުވެވަޑައިގެންފައި ނުވާ ކަމަށާއި، މަސައްކަތަށް ފައިސާގެ އެހީ ދޭނެ ކަމަށް ބުނި ނަމަވެސް އެއްވެސް ފައިސާއެއް ލިބިފައި ނުވާ ކަމަށެވެ. އަދި ރަށަށް ޒިޔާރަތްކުރި މިނިސްޓްރީގެ ވަފުދުގެ ހަރަދުތައް ވެސް ހަމަޖައްސައިދިނީ ކައުންސިލުން ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް