ads
ސްޓެލާ މެކާޓްނީ ސައުދީ ފެޝަން ވީކުގައި
ސައުދީ އަރަބިއްޔާގެ ފެޝަން އިންޑަސްޓްރީއަށް އާ އުސްމިނެއް
ސައުދީ އަރަބިއްޔާގެ "ވިޝަން 2030" ގެ ދަށުން އެގައުމުގެ ފެޝަން އިންޑަސްޓްރީ ކުރިއެރުވުމަށް ބާއްވަމުން އަންނަ ފެޝަން ވީކްގެ ތިންވަނަ އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
Advertisement

މި އިވެންޓް ނިމިގެންދިޔައީ ދުނިޔޭގެ މަޝްހޫރު ޑިޒައިނަރު ސްޓެލާ މެކާޓްނީގެ ހާއްސަ ޝޯވއަކުންނެވެ. މި ފެޝަން ވީކްއާއެކު ސައުދީ އަރަބިއްޔާ ދަނީ ދުނިޔޭގެ ފެޝަން މަންސަތަކުގައި އާ އުސްމިނަކަށް ވާސިލްވަމުންނެވެ.

މި ފެޝަން ވީކްގެ އެންމެ ފަހު ޝޯވގައި ސްޓެލާ މެކާޓްނީ ވަނީ އޭނާގެ ދެ ކަލެކްޝަނެއް ދައްކާލާފައެވެ. އެއީ 2026 ވަނަ އަހަރުގެ ސްޕްރިންގް/ސަމާ އަދި 2025 ވަނަ އަހަރުގެ އޯޓަމް/ވިންޓާ ކަލެކްޝަނެވެ. މި ދެ ކަލެކްޝަންގައި ވެސް ތިމާވެއްޓާ ރައްޓެހި، އަދި ދެމެހެއްޓެނިވި ގޮތެއްގައި އުފައްދާފައިވާ މެޓީރިއަލްތައް ބޭނުންކޮށްފައިވެއެވެ. އޭގެ ތެރޭގައި ފަންގަސްއިން އުފައްދާފައިވާ ލެދަލާއި، ގުދުރަތީގޮތުން ފަނާވާނެފަދަ ދާ ވެސް ހިމެނެއެވެ.

your imageސްޓެލާ މެކާޓްނީ ސައުދީ ފެޝަން ވީކުގައި

މި އިވެންޓް ފާހަގަވެގެންދަނީ ދުނިޔޭގެ ފެޝަން ވީކްތައް އާންމުކޮށް ބާއްވާ ސަރަހައްދުތަކުން ބޭރުވެ، މެދުއިރުމަތީގެ ބާޒާރުތަކަށް ފުޅާވެގެންދާކަމުގެ ނިޝާނެއްގެ ގޮތުގައެވެ. އަދި ދުނިޔޭގެ ބޮޑެތި ލަގްޒަރީ ބްރޭންޑްތައް މިފަދަ އާ ބާޒާރުތަކަށް ވަންނަމުން އަންނަކަންވެސް މިކަމުން ހާމަވެއެވެ.  ފެޝަން ވީކަކީ ސައުދީ އަރަބިއްޔާގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް އެކުލަވާލާފައިވާ "ވިޝަން 2030" ގެ މުހިންމު ބައެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް