ads
ފުލުހުންގެ ލޯންޗެއް ކަނޑުގަދަ ދުވަހެއްގައި
ކަނޑުތައް ގަދަވެ، ރާޅު 8 ފޫޓަށް
މޫސުމާ ބެހޭ ގައުމީ އިދާރާ އިން މުޅި ރާއްޖެއަށް އިންޒާރެއް ނެރެ، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ކަނޑުތައް ގަދަވެ ރާޅުގެ އުސްމިން 4 ފޫޓާއި 8 ފޫޓާ ދެމެދަށް އުފުލޭނެ ކަމަށް ބުނެފި އެވެ.
Advertisement

ހުޅަނގު މޫސުން ބާރުގަދަވެފައިވާ މި ދުވަސްވަރު، މުޅި ރާއްޖެއަށް ވައިގަދަވާނެ ކަމަށާއި، ބައެއް ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާ އިން މައުލޫމާތު ދެއެވެ.

އެ އިދާރާ އިން ބުނި ގޮތުގައި، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ވައިގެ ބާރުމިން ގަޑިއަކު 45 ނުވަތަ 50 މޭލަށް ގަދަވުން އެކަށީގެންވެއެވެ. މޫސުމުގެ މި ގޯސް ހާލަތުގެ ސަބަބުން މިދިޔަ ބުދަ ދުވަހު ހުޅުލެއަށް ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެފައިވާކަން ފާހަގަކޮށްލެވެއެވެ.

މޫސުމާ ބެހޭ އިދާރާ އިން ލަފާކުރާ ގޮތުގައި، ވައި މަޑުވެ ވިއްސާރަ އަލިވާން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންނެވެ. ނަމަވެސް، މޫސުން އެއްކޮށް ރަނގަޅުވާނެ ކަމަށް ލަފާކުރެވެނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. އެހެންކަމުން، ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، ދަތުރަށް ފެށުމުގެ ކުރިން އެންމެ އާ މައުލޫމާތު ސާފުކުރުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ އިލްތިމާސްކޮށްފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް