ads
ޔަޝް އޭނާގެ ފިރިހެން ދަރިފުޅުގެ މޫނު ފުރަތަމަ ފަހަރަށް ދައްކާލައިފި
ކަނަންޑާގެ މަޝްހޫރު އެކްޓަރު ނަވީން ކުމާރު، އާއްމު ނަމުންނަމަ ޔަޝް، އޭނާގެ ފިރިހެން ދަރިފުޅުގެ މޫނު ފުރަތަމަ ފަހަރަށް ދައްކާލައިފި އެވެ.

ޔަޝް އާއި ރަދިކާ އަށް ފުރަތަމަ ދަރިފުޅު ލިބިފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އޭރު އެމީހުންނަށް ލިބުނީ އަންހެން ކުއްޖެކެވެ. އެމީހުނަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން އަންގާފައިވަނީ އަންހެނުންގެ ބަނޑަށް ހަތް މަސް ވެފައި ވަނިކޮށެވެ.

ދެވަނަ އަށް އެމީހުންނަށް ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ. ގިނަ ބަޔަކު އެކުއްޖާގެ ފޮޓޯއެއް ދައްކާނެ އިރެއްގެ އިންތިޒާރުގައި ތިއްބާ އިއްޔެ ވަނީ އެކުއްޖާގެ މޫނު ދައްކާލާފަ އެވެ. 

ޔަޝް އޭނާގެ ފުރަތަމަ ދަރިފުޅުގެ ފޮޓޯވެސް ދައްކާފައިވަނީ ވަރަށް ދުވަސްކޮށްފައެވެ. އަދި އެކުއްޖާއަށް ނަން ކިޔާފައިވަނީ ދެވަނަ ދަރިފުޅު ލިބެން އުޅެނިކޮށެވެ.

ޔަޝް އާއި ރާދިކާ ފުރަތަމަ ދިމާވީ ޓީވީ ޝޯ 'ނަންޑަގޮކުލް' އިންނެވެ. ދެ މީހުން ކައިވެނިކޮށްފައި ވަނީ ހަ އަހަރު ލޯބީގެ ގޮތުން އެކުގައި އުޅުމަށްފަހު 2016 ވަނަ އަހަރު އެވެ.

އުމުރުން 32 އަހަރުގެ ޔަޝް އާއި 34 އަހަރުގެ ރާދިކާ އެކުގައި ހަތަރު ފިލްމެއްގައި މަސައްކަތް ކޮށްފައވެ އެވެ. ޔަޝް ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި ސަންތު ސްޓްރައިޓް ފޯވާޑް، ގޫގްލީ، ރާޖާ ހުލީ އަދި މާސްޓާ ޕީސް ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް