މިނިސްޓަރު މިހެން ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ނެޝަނަލް އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލް ކޮންފަރެންސް" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ނާޒިމް ވަނީ މިކަމަކީ ސިއްހީ ހިދުމަތްތެރިން ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ، ބަލި މީހުންނާއި ހިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެ މުހިންމު އެއްކަންތައް ކަމަށާއި، އެކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. އަދި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމުގެ އިތުރުން، ބަލިތަކުން ދުރާލާ ރައްކާތެރިވުމުގެ ސަގާފަތެއް ގާއިމުކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ބަލިތަކާއި އިންފެކްޝަންތަކުން ރައްކާތެރިވުމަށް އިސްތިރާޖީ ޕްލޭންތަކެއް އެކުލަވާލުމަށް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ. އަދި މިފަދަ ކޮންފަރެންސެއް ކޮންމެ އަހަރަކު މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އިން ބޭއްވުމަށްވެސް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ. މިފަދަ މަސައްކަތްތަކަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން މިނިސްޓަރު ވިދާޅުވީ ސިއްހީ ދާއިރާއަށް އިންވެސްޓުކުރުމަކީ ގައުމަށް ކުރެވޭނެ އެންމެ ބޮޑު އިންވެސްޓު ކަމަށެވެ.