ads
އިންފަންޓީނޯ އޮޓޯގްރާފް ސޮއިކުރައްވަނީ. - ފޮޓޯ: އެފްއޭއެމް
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގެންފި
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު ރާއްޖެ ވައިޑައިގެންފި އެވެ.
Advertisement

އެއާޕޯޓުގެ ވީއައިޕީ ޓާމިނަލުން އިންފަންޓީނޯ ނުކުމެވަޑައިގަތުމާ އެކު އޭނާއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި، ސަގާފީ ބައެއް ހުށަހެޅުންތައް އޭނާއަށް ވަނީ ދައްކާލާފަ އެވެ. އޭނާގެ އިސްތިގުބާލުގައި ކުޅިވަރާ ގުޅުންހުރި އެކި ފަންތީގެ ބޭފުޅުން އެއާޕޯޓަށް ވަޑައިގެން ތިއްބެވި އެވެ.

މި ދަތުރުފުޅުގެ ތެރެއިން އިންފަންޓީނޯއާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވާނެ އެވެ. މި ބައްދަލުކުރެއްވުމުގައި ފުޓުބޯޅައިގެ ކުރިއެރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވަން ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން އެފްއޭއެމުން ބުނާގޮތުގައި މި ދަތުރުގައި ފީފާގެ ރައީސް އިންފަންޓީނޯގެ ޝަރަފުގައި ހާއްސަ ފުޓްބޯޅަ މެޗެއް ކުޅުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ. މި މެޗުގައި ފީފާގެ ރައީސް އިންފަންޓީނޯ އާއި ރައީސް ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ދެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ހާއްސަ ފުޓްބޯޅަ މެޗު އޮންނާނީ އިންފަންޓީނޯގެ ޝަރަފުގައި މިއަދު ހަވީރު 4-6 އަށް ގަލޮޅު ދަނޑުގައި ބާއްވާ އެގްޒިބިޝަނުގެ ތެރެއިންނެވެ. މި ހަރަކާތުގައި، ރާއްޖޭގެ ޔޫތު ޓީމުތަކާއި، އެކަޑަމީތަކުގެ ޓީމުތަކުގެ މެދުގައި ވެސް މެޗުތައް ކުޅޭނެ އެވެ.

your imageފީފާގެ ރައީސް އިންފަންޓީނޯ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. - ފޮޓޯ: އެފްއޭއެމް

ނަވާރަ އަހަރު ފަހުން ފީފާގެ ރައީސަކު ރާއްޖެއަށް ދަތުރެއް ކުރާއިރު، އެފްއޭއެމުން ވަނީ ރާއްޖޭގެ ފުޓްބޯޅަ އާއިލާގެ މެމްބަރުންނާއި، ފުޓްބޯޅަ އަށް ލޯބިކުރާ މީހުންނާއި، ހެޔޮއެދޭ ފަރާތްތަކައް މި ހަރަކާތުގައި ބައިވެރިވުމަށް ދަނޑަށް އައުމަށް ދައުވަތު ދީފަ އެވެ.

މީގެ ކުރީން 2006 ވަނަ އަހަރު އޭރުގެ ފީފާގެ ރައީސް، ސެޕް ބްލެޓާ ވަނީ ރާއްޖެއަށް ޒިޔާރަތްކުރައްވައިފަ އެވެ. އެއީ ސުނާމީގައި ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރެއްގެ ތެރެއިން، އޭނާ ދެ ދުވަހަށް ރާއްޖެއަށް ކުރެއްވި ދަތުރެކެވެ.

އެ ފަހަރު ބްލެޓާ ވަނީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ވަނީ ބައްދަލުކުރައްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް