ads
ރައީސް މުއިއްޒުއާއި ފީފާގެ ރައީސް ބައްދަލުކުރެއްވުން
ރައީސް މުއިއްޒުގެ ޓީމު ބަލިކޮށް އިންފަންޓީނޯގެ ޓީމު މޮޅުވެއްޖެ
ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ބޭއްވި ހާއްސަ ފުޓުބޯޅަ މެޗު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޓީމު ބަލިކޮށް، ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމުއިއްޔާ (ފީފާ) ގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ޓީމު ކާމިޔާބުކޮށްފިއެވެ.
Advertisement

 ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު އިންފަންޓީނޯގެ ޓީމު ކާމިޔާބުކުރީ 6-4 ގެ ނަތީޖާއަކުންނެވެ.

މި ހާއްސަ ފުޓުބޯޅަ ފެސްޓިވަލްގައި ކުޅުނު މެޗުގައި ދެ ޓީމުގެ ކެޕްޓަނުންގެ ގޮތުގައި ފެނިގެންދިޔައީ ރައީސް މުއިއްޒު އާއި ފީފާގެ ރައީސް އިންފަންޓީނޯއެވެ. މީގެ އިތުރުން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، މިނިސްޓަރުން، އަދި ސަރުކާރުގެ އިސް ބޭފުޅުން މި މެޗުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އިޓަލީއަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން މަޝްހޫރު ޑިފެންޑަރު މާކޯ މަޓެރާޒީ އާއި ރާއްޖޭގެ ފުޓުބޯޅައިގެ ލެޖެންޑުން ވެސް މި މެޗުގައި ކުޅެފައިވެއެވެ.

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެއަށް މި ޒިޔާރަތް ކުރެއްވީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަހުމަދު ތޯރިގުގެ ހާއްސަ ދައުވަތަކަށެވެ. މި ޒިޔާރަތުގެ ތެރެއިން ގައުމީ ދަނޑުގައި ކުރިއަށްގެންދިޔަ މި ފެސްޓިވަލަކީ ރާއްޖޭގެ ފުޓުބޯޅައަށް އިތުރު ފޯރިއެއް ގެނެސްދިން ހަރަކާތެއްކަން ފާހަގަކޮށްލެވެއެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް