ads
ސިނަމާލެ ފްލެޓްތަކެއް
ސިނަމާލެ ފުލެޓުން ކޮންކްރީޓުގަނޑެއް ވެއްޓި ސައިކަލަކަށް ގެއްލުންވެއްޖެ
މާލޭގައި ހުންނަ ދުވަސްވީ ސިނަމާލެ ފުލެޓަކުން ކޮންކްރީޓުގަނޑެއް ވެއްޓި، ޕާކުކޮށްފައި އޮތް ސައިކަލަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
Advertisement

މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރުއެވެ. ވެއްޓިފައިވަނީ އެ އިމާރާތުގެ ތިންވަނަ ފަންގިފިލާގެ ބޭރުގައި ހުރި ފެންލައިޓެއްގެ ކޮންކްރީޓެވެ. މިކަން ހިނގި ގޮތް ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

ސިނަމާލެ ފުލެޓުތަކަކީ 1990 ވަނަ އަހަރު މީހުން ދިރިއުޅެން ފެށި، މިހާރު 32 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ތަންތަނެވެ. 

މި ފުލެޓުތަކުގެ ނުރައްކާތެރިކަން ބޮޑުވެފައިވާއިރު، މިތަންތަން ތަޅާލައި އަލުން އިމާރާތްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވިއިރު ވަނީ ނިންމަވާފައެވެ. އޭރުގެ ޕްލޭނަކީ އެ ސަރަހައްދުގައި 18 ބުރީގެ ޓަވަރުތަކެއް އެޅުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް