ads
ގެއްލިގެން ހޯދާ ޕޫރްނީމާ ގަޖްމާ
ނޭޕާލް އަންހެެނެއް ހޯދައިދޭން ފުލުހުން އެދިއްޖެ
މާލެއިން ނޭޕާލް އަންހެެނެއް ގެއްލިގެން އޭނާ ހޯދުމަށް ފުލުހުން އާއްމުންގެ އެހީތެރިކަމަށް އެދެފިއެވެ.
Advertisement

ފުލުހުން ބުނީ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ ނޭޕާލުގެ، އުމުރުން 19 އަހަރުގެ އަންހެނެއްކަމަށެވެ.އެ މީހާގެ ނަމަކީ ޕޫރްނީމާ ގަޖްމާ ކަމަށް ފުލުހުން ބުނެެެވެ. 

އޭނާ މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 2:00 ހާއިރުން ފެށިގެން، ދިޔަ ތަނެއް ނޭނގިގެން ގެއްލިގެން ފުލުހުންނަށް އެކަން ރިޕޯޓްކުރީ އިއްޔެކަމަށް އެ އިދާރާއިން ބުނެއެވެ. 

އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާއެކު ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރެވި، ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައިނުވާކަމަށް ފުލުހުން ބުނެއެވެ.

އެހެންކަމުން ޕޫރްނީމާ ގަޖްމާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅައި އެ މައުލޫމާތެއް ދިނުމަށް ފުލުހުން ވަނީ އެދިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް